Roadha Mihaaru
ބޯޑާ މައިލްސްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް

ބޯޑާ މައިލްސްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް

13 ޖެނުއަރީ 2021

ދުނިޔޭގެ ފުރަތަމަ ޓޫރިސްޓުންގެ ލޯޔަލްޓީ ޕްރޮގްރާމް، "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ފުރަތަމަ ޓޫރިސްޓުންގެ ލޯޔަލްޓީ ޕްރޮގްރާމް، "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް ހަމަޖައްސައިފި އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކަށާއި ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ. އޭގައި ބައިވެރިވާ ހުރިހާ ފެސިލިޓީއެއްގެ މައުލޫމާތު އެމްއެމްޕީއާރުސީގެ ވެބްސައިޓު މެދުވެރިކޮށް ޓޫރިސްޓުންނަށް ލިބޭނެ އެވެ.

ބޯޑާ މައިލްސްއަކީ ރާއްޖެ އަށް ރިޕީޓުކޮށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ފަރާތްތަކުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުން ރާއްޖެ އަށް އަންނަ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެ އެވެ. ޕޮއިންޓު އެއްކޮށްގެން ޕްރޮގްރާމުގެ ޕާޓްނާ ތަންތަނުން ޑިސްކައުންޓު ލިބޭނެ އެވެ.

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. ތަފާތު ކަންކަމުގައި އަންނަ ޓޫރިސްޓުންނަށް ލިބޭ ޕޮއިންޓުތައް ވެސް ތަފާތު ވާނެ އެވެ. ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށް ބަލައި ވެސް ޕޮއިންޓުތައް އިތުރުވާނެ އެވެ.

މި ޕްރޮގްރާމުގައި ޕޮއިންޓް ލިބޭ ތިން ފަންތިއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ އައިދަ (ބްރޮންޒް) އާއި އަންތަރަ (ރިހި) އަދި އަބާރަނަ (ރަން) ދަރަޖަ އެވެ. މީގެ ތެރެއިން އައިދަ ދަރަޖަ ހޯދަން 500 ޕޮއިންޓު ހޯދަން ޖެހޭއިރު އަންތަރަ ދަރަޖަ ހޯދަން 2،000، އަދި އަބާރަނަ ދަރަޖަ ހޯދަން 4،000 ޕޮއިންޓް ހޯދަން ޖެހޭނެ އެވެ.