އެމެރިކާގައި ބޮޑުވެފައިވާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައި، ކަޅު ނަސްލުގެ މީހުންނަށް އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ ދޮރުތައް ހުޅުވައި ދިނުމުގެ ގޮތުން އެޕަލް ކުންފުނިން ބޮޑު ޕްރޮޖެކްޓެއް ހިންގަން ނިންމައިފި އެވެ.
15 ޖެނުއަރީ 2021
އެމެރިކާގައި ބޮޑުވެފައިވާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައި، ކަޅު ނަސްލުގެ މީހުންނަށް އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ ދޮރުތައް ހުޅުވައި ދިނުމުގެ ގޮތުން އެޕަލް ކުންފުނިން ބޮޑު ޕްރޮޖެކްޓެއް ހިންގަން ނިންމައިފި އެވެ.
މިއީ މިދިޔަ އަހަރު އެމެރިކާގައި މަރާލި ކަޅު ނަސްލުގެ މީހުންގެ ތެރޭގައި ހިމެނޭ ޖޯޖް ފްލޯއިޑާއި ބެރޯނާ ޓޭލާ ފަދަ މީސްމީހުންގެ މަރާ އެކު އެމެރިކާގައި ފެށުނު "ބްލެކް ލައިވްސް މެޓާ" ކެމްޕޭނަށް ވެސް އެހީވުމުގެ ގޮތުން ޓިމް ކުކްގެ އެޕަލް އިން އިއުލާންކޮށްފައިވާ 100 މިލިއަން ޑޮލަރުގެ "ރޭޝަލް އިކުއިޓީ އެންޑް ޖަސްޓިސް އިނިޝިއޭޓިވް" ގެ ބައެކެވެ.
އެޕަލް އަކީ މިހާރަށް ވުރެ ބޮޑަށް އެކި ނަސްލުގެ އަދި އެކި ފަންތީގެ މީހުންނަށް ވެސް ހުޅުވާލެވިފައިވާ ކުންފުންޏެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާވައިގެން ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ދިނުމުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމެވެ.
އެޕަލް އިން ބުނީ އެ ކުންފުނި މަސައްކަތްކުރާނީ ނަސްލާއި ކުލަ އަށް ބަލައިގެން ފުރުސަތުތައް ދިނުމުގެ ބަދަލުގައި އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތައް އޮތް ތަނަކަށް ހެދުމަށެވެ. އެގޮތުން ކަޅު ނަސްލުގެ މީހުންނަށް ތައުލީމާއި ތަމްރީނު ދޭން ވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ އިރު، އެ މަސައްކަތް ކުރިިއަށް ގެންދާނީ އެފަދަ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ބޭނުންވާ އެހީތެރިކަން ވެސް ދީގެންނެވެ. މީގެ އިތުރުން ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތައް ކުރިއެރުވުމާއި އެފަދަ ވިޔަފާރީތަކުގައި ހިއްސާވެގެން ކުރިއަށް ދާނެ ދޮރުތައް ހުޅުވައި ދިނުމާއި ވިޔަފާރިތަކަށް ބޭނުންވާ ފަންޑާއި އިންވެސްޓްމަންޓާއި ޓެކްނިކަލް އެހީ އެޕަލް މެދުވެރިކޮށް ދޭނެ އެވެ.
Apple’s Racial Equity and Justice Initiative is taking three big steps. Supporting the Propel Center, a global innovation and learning hub for HBCUs. Our first Developer Academy in the US—in Detroit. And funding to accelerate minority-owned businesses. https://t.co/Z21ThemYe1
— Tim Cook (@tim_cook) January 13, 2021
އެޕަލް އިން މިހާ ފުޅާކޮށް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ފަށާ މަސައްކަތުގެ ދަށުން ޑިޓްރޮއިޓްގައި ޑިވެލޮޕާ އެކެޑަމީއެއް ތަރައްގީކޮށް އެތަނުގައި ކޯޑިން އާއި ވެންޗަ ކެޕިޓަލް ފަންޑިން ހޯދުން ފަދަ ކަންކަން ދަރިވަރުންނަށް އުނގަންނައި ދޭނެ އެވެ.
"ތަފާތުކުރުންތައް ނައްތާލެވޭނީ ޑައިވަސިފިކޭޝަންގެ ތެރެއިން. އަހަރެމެން ކުރަން މި އުޅެނީ އެކަން." އެޕަލިއާގެ އެންވަޔަރަމަންޓް، ޕޮލިސީ އެންޑް ސޯޝަލް އިނިޝިއޭޓިވްގެ ވައިސް ޕްރެޒިޑަންޓް ލީޒާ ޖެކްސަން ވިދާޅުވި އެވެ. "އަހަރެމެންގެ މަގުސަދަކީ އަހަރެމެންގެ ރިސޯސް ކުރިއަށް ވުރެ ރަނގަޅަށް ބޭނުން ކުރުން."
އެޕަލް އިން ބުނިގޮތުގައި ކަޅު ނަސްލުގެ މީހުން ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން އެޓްލާންޓާގައި ހިންގާ ޕީޕަލް ސެންޓަރަށް 25 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ދޭނެ އެވެ. އޭގެ ބޭނުމަކީ އެތަން މެދުވެރިކޮށް ޔުނިވަސިޓީތަކާއި ކޮލެޖްތަކާ ގުޅިގެން މޮބައިލް އެޕްތައް ޑިވެލޮޕްކުރުމާއި އެކި ދާއިރާތަކުން އެ ނޫން ވެސް ޕްރޮގްރާމްތައް ހިންގުމެވެ.
ހަމަމިއާ އެކު ދެ ގްރާންޓް ޕްރޮގްރާމެއްގެ ދަށުން ސިލިކަން ކަރިކިއުލަމް ޑިޒައިންކުރުމާއި ހާޑްވެއާ އިންޖިނިއަރިން އަށް އެހީދޭނެ އެވެ.
ހަމަމިއާ އެކު އެޕަލް އިން ޑިޓްރޮއިޓްގައި އެޕް ޑިވެލޮޕްމަންޓް އެކެޑަމީއެއް ވެސް ހުޅުވާނެ އެވެ. އެތަންވެގެން ދާނީ އެ ކުންފުނިން އެމެރިކާގައި ހުޅުވާ އެފަދަ ފުރަތަމަ ތަނަށެވެ. އެތަނުން ކޮންމެ އަހަރަކު 1،000 ކުދިންނަށް 10-12 މަހާ ދެމެދުގެ ކޯސްތައް ހިލޭ ހިންގާނެ އެވެ. އޭގެ ތެރޭގައި ކޯޑިން، ޑިޒައިނިން އަދި މާކެޓިން ފަދަ ދާއިރާތައް ހިމެނޭނެ އެވެ. އެޕަލް އިން ބުނިގޮތުގައި ޑިވެލޮޕްމަންޓް އެކެޑަމީ ހިންގާނީ މިޝިގަން ސްޓޭޓް ޔުނިވަސިޓީއާ ވެސް ގުޅިގެންނެވެ.
"އަހަރެމެން އެންމެ ދެކެން ބޭނުންވާ އެއް މަންޒަރަކީ ކަޅު ނަސްލުގެ ޑިވެލޮޕަރުން އިތުރުވާ ތަން ފެނިގެން ދިއުން. އޭރު އެ މީހުންގެ ވުޔަފާރިތައް ވެސް ފުޅާވެ ކުރިއަރައިގެން ދާން ބާރަކަށް ވާނެ،" ލީޒާ ވިދާޅުވި އެވެ.
އުމުރުން 13 އަހަރުގައި ހަތަރު އެސޯސިއޭޓް ޑިގްރީ
އުމުރުން 12، ހައި ސްކޫލާއި ކޮލެޖުން ގްރެޖްއޭޓްވަނީ
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ
އެޕަލްގެ އެންމެ ބޮޑު އެއް ސަޕްލަޔަރު ހުއްޓުމަކަށް
ދަރިވަރުންނަށް ހާއްސަކޮށް "ފޭސްބުކް ކޭމްޕަސް"
ޑިކްޝަނަރީން "ރޭސިޒަމް" އަލުން މާނަކުރަނީ
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
އިނގިރޭސިން ވާހަކަ ދައްކަން އެންގުމުން ވަޒީފާ ގެއްލިއްޖެ
ގްލޯނެޓް އެޑިއުކޭޝަން ފެއާ ބުދަ ދުވަހު ފަށަނީ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި