ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
07 ނޮވެމްބަރ 2016
ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ އާއިލާއިން އެ މައްސަލަ ހުށަހެޅީ ހޯމް މިނިސްޓްރީއަށާއި ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކަމަށެވެ. ނަމަވެސް އެ މުއައްސަސާތަކުން މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއިލާއިން ހޯމް މިނިސްޓްރީއަށާއި އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި އެދުނީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް މަހުލޫފް ގެންގޮސްގެން ފަރުވާ ކުރުމުގެ ހުއްދައަކަށެވެ. އަދި ޑޮކްޓަރަށް ދައްކަން ފަސޭހަ ތަނެއްގައި މަހްލޫފް ބަހައްޓައިދޭން ވެސް އާއިލާއިން އެދުނެވެ. އެޗްއާރުސީއެމަށް ހުށަހެޅީ މަހްލޫފަށް އެކަށީގެންވާ ފަރުވާއެއް ލިބެމުން ނުދާތީ އެ މައްސަލަ ބަލައި ދިނުމަށެވެ.
ނަޒޫ ވިދާޅުވީ މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދިންތާ ހަފްތާއެއް ވިއިރު ވެސް އޭނާ ބޭރަށް ގެންދެވޭނެ އަލި މަގެއް ފެނިފައިނުވާ ކަމަށެވެ.
"ހަފްތާއެއް ވިއިރު އެއްވެސް ގޮތަކަށް މަހްލޫފަށް އަޅާނުލާތީ މައްސަލައަކީ. ޖަލުގައި ހުންނަ އިރު ސިއްހީ ގޮތުން މަހްލޫފަށް ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ ކަރެކްޝަންސުން ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވި ގޮތުގައި މަހުލޫފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެހެންވެ، ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ ތަނެއްގައި ހުންނަން ޑޮކްޓަރުން ލަފާ ދީފައިވާތީ މަހްލޫފް މިހާރު ގެއަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ތިން މަސް ވީއިރު ވެސް، މަހްލޫފްގެ ބައްޔަށް އެކަށީގެންވާ ފަރުވާ ނުދޭތީ އާއިލާއިން ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ. މަހްލޫފާ ދޭތެރޭ އަމަލް ކުރަމުންދާ ގޮތް އާއިލާ އިން ކުރިން ވަނީ އެޗްއާރުސީއެމަށް ހުށަހަޅައިފަ އެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވި އިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ. އެ ދެ ހުކުމް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ބަޔާނާ މެެދު ކަންބޮޑުވަން: ހޯމް މިނިސްޓްރީ
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް
މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް
މަހްލޫފް އިންޑިއާއަށް ފުރަން ހުއްދައެއް ނުދިން: އާއިލާ
ނުހައްގުން ބަޔަކު މަރާކަށް ނޫޅެން: އަޒްލީން
މަހްލޫފަށް ދައުވަތު ދިނީ ހިތްދަތިކުރަން: އާއިލާ
މަހްލޫފް އެކަހެރިކޮށްފައި ބަހައްޓާތީ އެޗްއާރުސީއެމަށް
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
މުނާޒްގެ ވާހަކަތަކުގައި ފުށުއެރުން، ޖަވާބެއް ނުދެއްވި!