Roadha Mihaaru
މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދު އަލުން ދިރުވަން

ދަތިކަމުގެ ތެރޭގައި ވެސް މަސައްކަތް މި ކުރަނީ ރާއްޖޭގެ އިގްތިސާދުގެ ރިކަވަރީއަށް: ޗައިނާ ސަފީރު

15 ޖެނުއަރީ 2021

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުގެ ތެރޭގައި ވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި މިއީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގެ އެހީއެއް ކަމަށް، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޯން މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެއާޕޯޓަށް ވަޑައިގެންނެވި އިރު ޗައިނާ ސަފީރު ވެސް ވަޑައިގެން ޗައިނާގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސަށް މައުލޫމާތު ދެއްވި އެވެ. ރައީސްއާ އެކު އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ސަފީރު ވިދާޅުވީ ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމާ އެކު، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާގެ އެހެން ކުންފުނިތަކުން، މެދުކެނޑުމަކަށް ފަހު އަލުން މަސައްކަތް ފެށުމުގައި އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްލާފައި ނުވާ ކަމަށެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓް

"ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ބީޔޫސީޖީ އާއި ޗައިނާގެ އެހެން ކުންފުނިތަކުން މި ވަނީ މި ދަތިކަމުގެ ތެރޭގައި ވެސް އަލުން މަސައްކަތް ފަށާފައި. މިއީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީތެރިކަމަކަށް ވާނެ،" ސަފީރުގެ ޓްވީޓްގައިވެ އެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުގައި ޓާމިނަލްތައް ހެދުން ފަދަ ބޮޑެތި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކަށެވެ.