ރާއްޖެ-ޗައިނާ އިން މިދިޔަ މަހު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށި ފަހުން އިމްޕޯޓު ޑިއުޓީން ގެއްލުނީ އެންމެ ޕަސެންޓެއް ކަމަށާއި އިމްޕޯޓު ޑިއުޓީން ލިބުނު ޖުމްލަ އާމްދަނީ ދަށްވުމާއި އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
16 ފެބުރުއަރީ 2025
ރާއްޖެ-ޗައިނާ އިން މިދިޔަ މަހު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށި ފަހުން އިމްޕޯޓު ޑިއުޓީން ގެއްލުނީ އެންމެ ޕަސެންޓެއް ކަމަށާއި އިމްޕޯޓު ޑިއުޓީން ލިބުނު ޖުމްލަ އާމްދަނީ ދަށްވުމާއި އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "އަހާ" ފޯރަމްގައި ސައީދު ވިދާޅުވީ، ޗައިނާ އިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރާއިރު ޑިއުޓީން ބައެއް އުނިވި ނަމަވެސް ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
"އެފްޓީއޭއާ އެކު އެ އަދަދުތައް ވަނީ ސުން ޕަސެންޓަށް ގެނެސްފައި. މާނައަކީ ގެސްޓް ހައުސްއެއް ދެން އިމާރާތް ކުރަންޏާ އެ މުދާ ޗައިނާ އިން ގެންނަ ނަމަ ޑިއުޓީ ފްރީ ވެގެން އެ ދަނީ. މިއީ ވަރަށް ބޮޑު ލުޔެއް،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ޖެނުއަރީ 1 އިން މިއަދާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ މުދާ އެތެރެ ކޮށްފައިވާއިރު، އެފްޓީއޭގެ ދަށުން އިމްޕޯޓް ކުރީ 34 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އެ މުދަލަށް އެފްޓީއޭގެ "ޑިއުޓީ ކޮންސެޝަން" ދިނީ 2.2 މިލިއަން ރުފިޔާ ކަމަށާއި އެއީ ޖުމްލަ އިމްޕޯޓް އާމްދަނީގެ 1.6 ޕަސެންޓު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ޗައިނާ އިން އިމްޕޯޓުކުރި މުދާ މިދިޔަ އަހަރާ ބަލާއިރު ސާާޅީސް ޕަސެންޓު ވަނީ އިތުރު ވެފައި. މީގެ ސަބަބުތަކުގެ ތެރޭގައި، ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި މުދަލާއި ވެހިކަލް އަދި ޕްރޮޖެކްޓްތަކަށް ގެނެވުނު މުދާ އިތުރުވުން ހިމެނޭ. ކުރިމަގުގައި ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތައް ފުޅާވުމަށް އިތުރު ފުރުސަތުތައް ފަހިވާނެ،" މިނިސްޓަރު ސައީދު "މިހާރު" އަށް ވިދާޅުވި އެވެ.
"އަދި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އެކި ބާވަތްތަކުގެ މުދާ ލިބިގެންދާނެ."
މިދިޔަ މަހެއްހާ ދުވަހު ދައުލަތުގެ އާމްދަނީ 19 ޕަސެންޓު ދަށްވި އިރު އިމްޕޯޓު ޑިއުޓީން 64 ޕަސެންޓު ވަނީ ދަށްވެފަ ވެ އެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 384 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު އިމްޕޯޓު ޑިއުޓީ ވަނީ 247 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 874 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ
އެފްޓީއޭއަކީ "ހަމައެއްލަމައެއްނެތި" ދޭ ހުއްދައެއް ނޫން
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި
ރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ
ނުކުރެވި އޮތް ކަމަކީ ޗައިނާއާ އެކު މިނިވަން ވިޔަފާރި!