Roadha Mihaaru
ޒޭންގެ އާ އަލްބަމަކީ "ނޯބޮޑީ އިޒް ލިސިނިން"

ޒޭން މާލިކްގެ އާ އަލްބަމަކީ "ނޯބޮޑީ އިޒް ލިސިނިން"

18 ޖެނުއަރީ 2021

އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ އަލްބަމެއް ނެރެން އުޅޭ ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން ހުކުރު ދުވަހު އާ އަލްބަމް އާންމުންނަށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ އަލްބަމެއް ނެރެން އުޅޭ ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން ހުކުރު ދުވަހު އާ އަލްބަމް އާންމުންނަށް ދޫކޮށްލައިފި އެވެ.

ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" އިން ވަކިވުމަށް ފަހު ދޭތެރެދޭތެރެ އިން ސިންގަލްތަކެއް ނެރެމުން ދިޔަ ލަވަކިޔުންތެރިޔާގެ އާ އަލްބަމްގެ ނަމަކީ "ނޯބޮޑީ އިޒް ލިސިނިން" އެވެ. ރެކޯޑިން ލޭބަލް އާރްސީއޭގެ ތައްގަނޑުގައި ނެރުނު އަލްބަމްގައި ޖުމްލަ 11 ލަވަ ހިމެނެ އެވެ.

އާރްއެންޑްބީ އަދި ޕޮޕް ޖޯންރާގެ ލަވަތަކުގެ ތެރޭގައި ކަލާމިޓީ، ބެޓާ، އައުޓްސައިޑް، ވިބެޒް، ވެން ލަވްސް އެރައުންޑް، ކަނެކްޝަން، ސްވެޓް،---ވިޓަބަލް، ވިންޑޯސިލް، ޓައިޓްރޯޕް އަދި ރިވާރޯޑެވެ.

އަލްބަމްގެ ގިނަ ލަވަތަކުގައި ޅެމުގައި ވެސް ޒޭން ހިއްސާވެފައިވާ އިރު، ދެ ލަވައެއްގައި އޭނާއާ އެކު ދެ ފަންނާނަކު ހިއްސާ ވެސް ވެފައިވެ އެވެ. އެގޮތުން "ވެން ލަވްސް އެރައުންޑް" ގައި ސީޑް ހިއްސާވެފައިވާ އިރު، ޑެވްލިން "ވިންޑޯސިލް" ގައި ހިއްސާވެފައިވެ އެވެ. އަލްބަމްގެ ދެ ލަވައެއްގެ ވީޑިއޯ ވެސް ނެރެފައިވެ އެވެ.

އަލްބަމްގެ ލަވަތަކަށް ބަލާ އިރު "ޓައިޓްރޯޕް" ގައި ވަރަށް މަޝްހޫރު ހިންދީ ލަވައެއް ކަމަށް މުހައްމަދު ރަފީގެ "ޗޯންދުވީ ކާ ޗާންދު" ލަވައިގެ ކަޑިތަކެއް ވެސް ހިމަނައިފަ އެވެ. އެ ލަވަ އަކީ ހަމަ އެ ނަމުގައި ނެރުނު 1960 ގެ ފިލްމުގެ ލަވައެކެވެ. އޭގެ ތަރިންނަކީ ގުރޫ ދަތާއި ވަހީދާ ރަހުމާނެވެ.

"ވަން ޑިރެކްޝަން" ގެ މެމްބަރުން 2015 އިން ފެށިގެން ވަކިވަކިން ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަޔްތްކުރަމުން އަންނަ އިރު، ޒޭން "ނޯބޮޑީ އިޒް ލިސިނިން" ނެރުމުގެ ކުރިން އެންމެ ފަހުން ނެރުނު އަލްބަކީ 2018 ގެ "އިރާކަސް ފޯލްސް" އެވެ. އަދި 2016 ގައި އޭނާ "މައިންޑް އޮފް މައިން" ގެ ނަމުގައި ވެސް އަލްބަމެއް ނެރުނެވެ.

ސުޕަ މޮޑެލް ޖިޖީ ހަޑީޑްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަށް ޒޭން، 28، މިދިޔަ އަހަރު ދަރިއަކު ވެސް ލިބިފައިވެ އެވެ.