01 ޖޫން 2021
އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރު ހެރީ ސްޓައިލްސް އަމިއްލަ ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރު ހެރީ ސްޓައިލްސް އަމިއްލަ ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ފަންނާނު މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުންޏަސް ހެރީ ސްޓައިލްސް އަޕްޑޭޓްސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓެއްގައި ބުނެފައިވާ ގޮތުގައި ހެރީ ވަނީ އޭނާގެ އާ ވިޔަފާރި އަށް ހާއްސަކޮށްގެން ކުންފުންޏެއް ވެސް މިހާރު ރަޖިސްޓްރީކޮށްފަ އެވެ. އޭގައިވާ ގޮތުން ހެރީ އަކީ "ޕްލީޒްޑް އޭސް ހޯލްޑިންސް ލިމިޓެޑް" ގެ ނަމުގައި ރަޖިސްޓްރީީކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރެކެވެ. އަދި އެ މަގާމަށް އޭނާ ހަމަޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ވިޔަފާރީގެ ޕާޓްނަރަކީ އެމާ ސްޕްރިންގެވެ. އޭނާ އަކީ ވަރަށް ކުރިން ފެށިގެން ވެސް ހެރީއާ އެކު މަސައްކަތްކުރަމުން އަންނަ މީހެކެވެ.
Harry is listed as a director under a new company, for perfume and cosmetics, as of May 25th. The company is named “PLEASED AS HOLDINGS LIMITED” as of now ? pic.twitter.com/m3R5w5CPfp
— Harry Styles Updates. (@TheHarryNews) May 28, 2021
ސެންޓާއި ކޮސްމެޓިކް ލައިނެއް ހެރީ ލޯންޗްކުރަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވުނަސް އެ ލޯންޗްކުރާނެ އިރެއް ސާފެއް ނުވެ އެވެ.
މިހާރު ސޯލޯ އާޓިސްޓެއްގެ އިތުރުން ފިލްމުތަކުގައި އެކްޓް ވެސް ކުރަމުންނަ ހެރީ އަކީ އޭނާ މި ފަހުން ހެދުން އަޅާ ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މީހެކެވެ. އަދި އޭނާގެ ސްޓައިލްތަކަކީ "ފިރިހެނުނަށް އަރުވާ ހުތުރެއް" ގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ. އެގޮތުން ވަރަށް ފަހުން ވޯގް މަޖައްލާ އަށް ދިން ކަވާ އިންޓަވިއުއަކާ އެކު ގެނެސްދިން ފޮޓޯތަކުގައި ހެރީ ބޭނުންކޮށްފައި ހުރި ހެދުންތަކާއި 2019 ގެ މެޓް ގާލާގައި ބޭނުންކުރި ހެދުމަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
އެހެންވެ ހެރީގެ ސެންޓާއި ކޮސްމެޓިކް ލައިނަކީ ފިރިހެނުންނަށް ކަމުދާ އެއްޗަކަށް ވެދާނެތޯ ވެސް ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވެ އެވެ.
ޑައިރެކްޓަރު ކްރިސްޓޯފާ ނޯލާންގެ 2017 ގެ ފިލްމު "ޑަންކާކް" ގެ ރޯލެއް ކުޅުނު ހެރީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޯންޓް ވޮރީ ޑާލިން" އާއި "ދަ ޕޮލިސްމެން" ހިމެނެ އެވެ. "ޑޯންޓް ވޮރީ ޑާލިން" ގެ އަކީ ހެރީ، ލޯބިވެރިޔާ އޮލީވިއާ ވައިލްޑް، 37، އާ އެކީގައި ފެންނާނެ ފިލްމެކެވެ. އަލަތު ކައިވެނި 2011 ގައި ރޫޅިފައިވާ އޮލީވިއާ އަކީ ދެ ކުދިންގެ މައެކެވެ.
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ކައިވެނީގެ ކާމިޔާބީގެ ސިއްރަކީ ދަރިން: ވިކްޓޯރިއާ
ކާލް ލެގަފެލްޑްގެ ހަނދާނުގައި މޭކަޕް ކަލެކްޝަނެއް
ބެކަމްގެ ދޮށީ ދަރިފުޅަށް މިލިއަން ޕައުންޑްގެ ޑީލެއް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
އިނގިރޭސި ސެލޫނަކަށް "ހިމޭން އެޕޮއިންޓްމަންޓް"
"ބީބާ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކް ލައިނެއް
ޔޫކޭގެ "ލަޝް" ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލައިފި