Roadha Mihaaru
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި

މަގު މައްޗަށް ވެއްޓިފައި އޮތް ބިދޭސީ ސެނަހިޔާ އަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި: އެމްއެންޑީއެފް

19 އެޕްރީލް 2020

މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ފުލުހުން ސެނަހިޔާ ހޮސްޕިޓަލަށް މިރޭ ގެންގޮސްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ފުލުހުން ސެނަހިޔާ ހޮސްޕިޓަލަށް މިރޭ ގެންގޮސްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ 50 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި އޮތީ އަސަރީ ގޯޅި އާއި މަޖީދީ މަގު ކަންމައްޗަށް ކަމަށެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނުނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވެ.

ހޮސްޕިޓަލްގެ ބަހެއް ނުލިބޭތީ އެއީ ކިހިނެއްވެފައި އޮތް ބިދޭސީއެއް ކަމެއް ނޭނގެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާއިރު އެބަލިޖެހޭ މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މާލެ އިން މިއަދު އެކަނި ވަނީ 16 ބިދޭސީއަކު (ބަންގްލަދޭޝް 14 މީހަކާއި އިންޑިއާގެ ދެ މީހަކު) ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.