ބާކީވާ ކާބޯތަކެތިން ގަސްކާނާ ހެދުމަށާއި ކުނި ނައްތައިލުމަށް ޓަކައި އިންސިނެރޭޓަރު ބަހައްޓަން، ރިސޯޓްތަކަށް ބިޑްކުރާ އިރު ކުންފުނިތަކުން އެއްބަސްްވާ ކަމަށާއި ކަނޑަަށް ކުނި އަޅާ ނަމަ ޖޫރިމަނާކޮށް ރިސޯޓްތައް ބަންދު ވެސް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑޭ މިއަދު ވިދާޅުވެއްޖެ އެވެ.
18 ޖެނުއަރީ 2021
ބާކީވާ ކާބޯތަކެތިން ގަސްކާނާ ހެދުމަށާއި ކުނި ނައްތައިލުމަށް ޓަކައި އިންސިނެރޭޓަރު ބަހައްޓަން، ރިސޯޓްތަކަށް ބިޑްކުރާ އިރު ކުންފުނިތަކުން އެއްބަސްްވާ ކަމަށާއި ކަނޑަަށް ކުނި އަޅާ ނަމަ ޖޫރިމަނާކޮށް ރިސޯޓްތައް ބަންދު ވެސް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑޭ މިއަދު ވިދާޅުވެއްޖެ އެވެ.
ރިސޯޓްތަކުން ކޮންމެ ދުވަހަކު ބާކީވާ ކާބޯތަކެތި ފަދަ ފަސޭހައިން ހަލާކުވާ ކުނި ކަނޑަށް އަޅާ މައްސަލައަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން ކަމާ ބެހޭ ފަރާތްތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނީ އެ މައްސަލަ ކުއްލިއަަކަށް ހައްލު ނުވާނެ ކަމަށާއި އެކަން ހައްލުކުރަން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެސިލިޓީތައް ހަދަން ޖެހޭ ކަމަށެވެ. މަޓީގެ އެ ވާހަކައަށް ރައްދު ދެއްވައި ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓްތަކަށް ބިޑް ކުރާއިރު ކުނި މެނޭޖްކުރަން އެއްބަސްވާ ކަމަށެވެ.
"ފަޅުރަށްތަކުގައި ރިސޯޓްތައް ހަދަން ދޫކުރީ ކުއްލިއަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ މިރޭ "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ އެންވަޔަރްމެންޓްގެ ކޮމިޓީން މިއަދު ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރީ ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުން އަންނަ މާފުށީގެ ފަޅުތެރެއަށް އަޅާފައިވާ ގިނަ އަދަދެއްގެ ކުނީގެ މައްސަލަ ފެންމަތި ވުމުން ކަމަށެވެ. އޭނާ ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި މާފުށީގެ މިސްކިތާ ދިމާލުން ފަޅު ތެރޭގައި ވަރަށް ގިނަ ކުނި އަޅާފައި އެބަހުއްޓެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރާ އިރު ރިސޯޓްތަކުގައި އުފެެދޭ ބަޔޯޑީގްރޭޑަބުލް ކުނިން ގަސްކާނާ ހެދުމަށާއި އިންސިނެރޭޓަރު ބަހައްޓަން ވެސް ބިޑްކުރާ އިރު ހުށަހަޅާ ކަމަށެވެ.
"ބިޑް ކާމިޔާބުވީމާ އެވެސް ވާނީ އެއްބަސްވުމަކަށް،" އޭނާ ވިދާޅުވި އެވެ.
ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން !
— Ibrahim Rasheed (@BondeM4) January 18, 2021
ކުނިމެނޭޖް ކުރުމާ ކުނިނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ !
ޖޫރިމަނާ ކުރެވޭނެ ! ރިސޯޓު ބަންދުވެސް ކުރެވޭނެ ! https://t.co/mIZ7CWVob3
މަޖިލީހުގެ އެންޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ކަނޑަށް ކުނި އެޅުމަކީ މަޓީން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އެހެން ނަަމަވެސް ރިސޯޓްތަކުން ކާބޯތަކެތި ކަނޑަށް އެޅުން ކުއްލިއަކަށް ނުހުއްޓޭނެ ކަމަށެވެ.
ރިސޯޓްތަކުން ބާކީވާ ކާބޯތަކެތި ކަނޑަށް އަޅަނީ ކުރިއްސުރެ އޮންނަ ގަވައިދަކުން އެކަން ހުއްދަކޮށްފައި އޮންނާތީ އެވެ. ނަޒީރު ވިދާޅުވީ ކުނި ނައްްތައިލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމާ އެކު ތިރީހަކަށް ދުވަހުގެ މުހުލަތެއް ދީފައި އެ ގަވައިދު ބަދަލުކުރަން މަޓީން ތާއީދުކުރާ ކަމަށެވެ.
އެގޮތަށް ވަގުތު ނުދީ ކުއްލިއަކަށް މަނާކޮށް، ޖޫރިމަނާ ކުރަން ފަށައިފި ނަމަ އިންޑަސްޓްރީއަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު މަައްސަލައެއް ކުރިމަތިވާނީ އޭނާ ވިދާޅުވި ގޮތުގައި ސަފާރީތަކަށެވެ.
އެންވަޔަރްމެންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ބާކީވާ ކާބޯތަކެތި ކަނޑަށް އެޅުން ހުއްދަކޮށް ގަވައިދު ހަދާފައި ވާނީ ރަނގަޅު މަގުސަދެއްގައި ކަމަށް ވެދާނެ ކަަމަށާއި އޭރުގައި ހުރީ ދުރުދުރުގައި ހުރި މަދު ރިސޯޓްތަކެއް ކަމަށެވެ.
"ދެން މި ރިސޯޓްތަކުގެ އަދަދު ގިނަވެ، އޮކިއުޕަންސީ މައްޗަށް މިހެން ދިޔަ ވަރަކަށް އަޅުގަނޑަށް ހީޥަނީ ނެޗުރަލް އެންވާރްމެންޓްގައި މީއްޗިހި ޑިގްރޭޑްކުރުމުގެ ކެޕޭސިޓީއަށް ވެސް އަންނާނެ ކަންނޭނގެ ކޮންމެވެސް ތުރެޝްހޯލްޑެއް،" ސަލީމް ވިދާޅުވި އެވެ.
ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
ފިނޮޅަށް ގެއްލުން ދިން މައްސަލަ އީޕީއޭ އިން ބަލަނީ
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"
ފަރަށް ގެއްލުންވާތީ ކޮމެޓީއަށް އީޕީއޭ ހާޒިރުކުރަނީ
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
މިވަރަށް ގިރަންޏާ ކުރެވޭނެ މާބޮޑުކަމެއް ނެތް: ނަޝީދު
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި