21 ޖެނުއަރީ 2021
ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރް ދެން މާ ލަސްތަކެއް ނުވެ ބޮލީވުޑަށް ނުކުންނާނެ ކަމަށް އޭނާގެ ބައްޕަ ބޯނީ ކަޕޫރް ބުނެފި އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރް ދެން މާ ލަސްތަކެއް ނުވެ ބޮލީވުޑަށް ނުކުންނާނެ ކަމަށް އޭނާގެ ބައްޕަ ބޯނީ ކަޕޫރް ބުނެފި އެވެ.
ޚުޝީގެ ދައްތަ ޖާންވީ ކަޕޫރް ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ. އޭގެ ފަހުން ޚުޝީ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ މިހާތަނަށް ވަރަށް ގިނައިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ.
އުމުރުން މިހާރު 20 އަހަރުގެ ޚުޝީ އަކީ އެމެރިކާގެ ނިއު ޔޯކް ފިލްމު އެކެޑަމީގައި އެކްޓިން ވެސް ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި އޭނާ އަކީ މިހާރު އިންސްޓަގްރާމްގައި މަޝްހޫރު އަދި ޒުވާން އަންހެން ކުދިން ފެޝަން އައިކަންއެއްގެ ގޮތުގައި ވެސް ބަލާ މީހެކެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޚުޝީގެ ބައްޕަ ބޯނީ ބުނީ ހަގު ދަރިފުޅު ދެން މާ ލަސްތަކެއް ނުކޮށް ފިލްމު ކުޅެން ފަށާނެ ކަމަށާއި ވަރަށް އަވަހަށް ޚުޝީ އަލަތު ފިލްމު އިއުލާންކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަކު އޭނާ ބޮލީވުޑަށް ލޯންޗްކުރުމުގެ ޒިންމާއާ ހަވާލުނުވާނެ ކަމަށް ބުންޏެވެ.
ކުރިން އަޑުތައް އަރާފައިވާ ގޮތުން ޚުޝީ ބޮލީވުޑަށް ނެރޭނީ އޭނާގެ ދައްތަ ޖާންވީގެ ވެސް ފުރަތަމަ ފިލްމު ޕްރޮޑިއުސްކުރި ކަރަން ޖޯހަރެވެ. އަދި ކަރަން ވެސް ކުރިން އެފަދަ އިޝާރާތެއް ދީފައިވެ އެވެ.
ބޯނީ ބުނިގޮތުގައި ޚުޝީ ލޯންޗްކުރުމުގެ ޒިންމާ އަމިއްލަ އަށް ނުނަގަން ނިންމި މައިގަނޑު ސަބަބަކީ އޭނާ ޕްރޮޑިއުސްކުރި ފިލްމަކުން ހަގު ކޮއްކޮ ސަންޖޭ ކަޕޫރް ބޮލީވުޑަށް ނެރުމުން ކުރަން ޖެހުނު ތަޖުރިބާ އަށް ބަލައިފަ އެވެ. އަނިލް ކަޕޫރާއި ބޯނީގެ ހަގު ކޮއްކޮ ސަންޖޭ އެކްޓިން އަށް ނުކުތީ ބޯނީ 1995 ގައި ޕްރޮޑިއުސްކުރި "ޕްރޭމް" އިންނެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ. އަނެއްކޮޅުން ސަންޖޭ އަކީ އަނިލްއާ ބަލާ އިރު، ބޮލީވުޑްގައި ފަނުފުލުން ދިޔަ އެކްޓަރެކެވެ.
އެހެންވެ އެ ތަޖުރިބާ ތަކުރާރުކުރަން ބޭނުން ނުވާތީ އަމިއްލަ އަށް ޕްރޮޑިއުސްކުރާ ފިލްމަކުން ޚުޝީ ނުނެރެން ނިންމި އިރު، ބޯނީގެ ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރް ބޮލީވުޑަށް ނެރުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެނެވެ. އެއީ 2012 ގެ "އިޝަގްޒާދޭ" އިންނެވެ.
"ޚުޝީ ނެރޭނީ ބޮލީވުޑްގައި އިހުތިރާމު ހޯދާފައިވާ ޕްރޮޑިއުސަރެއް. އަދި އެކަމާ އަހަރެން ވަރަށް ހިތްހަމަވެސް ޖެހޭ. އަހަރެން ބޭނުމެއް ނޫން އަމިއްލަ ފިލްމަކުން ދަރިފުޅު ނެރޭކަށް،" ބޯނީ ބުންޏެވެ. "އަހަރެން ބޭނުން ވަނީ ޚުޝީ އަކީ އޭނާގެ އަމިއްލަ މަސައްކަތާއި ހުނަރު ދައްކާލައިގެން ކުރިއަށް ދާނެ ކުއްޖަކަށްވާ ތަން ދެކެން."
ޚުޝީ އާއި ޖާންވީ އަކީ ބޯނީ އާއި ސްރީދޭވީގެ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ. އަރުޖުން އާއި ފިލްމީ ދާއިރާއާ ދުރުގައި ހުންނަ އަންޝުލާ ކަޕޫރަކީ ބޯނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ.
ޚުޝީގެ ދައްތަ ޖާންވީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ އިރު އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެެވެ. ޖާންވީ، 23، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާނާ" އާއި "ދޯސްތާނާ 2" އާއި "ގުޑް ލަކް ޖެރީ" އާއި "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅޭނެ
ޝަނާޔާ ނެރޭނީ ޖާންވީ ވެސް ނެރުނު ޑައިރެކްޓަރު
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަންޖޭގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި