23 ޖެނުއަރީ 2021
ސްޕީޑް ފެރީގެ ނިޒާމު ފެށުމާ އެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އެމްޓީސީސީން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޕީޑް ފެރީގެ ނިޒާމު ފެށުމާ އެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އެމްޓީސީސީން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފެރީގެ ނިޒާމާ ގުޅިގެން ވަޒީފާތަކަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ މުވައްޒަފުން ޓްރެއިން ކުރުމުގެ ޕްލޭންތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސްޕީޑް ފެރީގެ ނިޒާމާ އެކު ރަށްރަށުން މިހާރު ކުރަމުން އަންނަ ދަތުރުތައް އިތުރަށް އަވަސް ވާނެ ކަމަށެވެ.
"ކުރީގައި 30 މިނެޓުން ކުރި ދަތުރުތައް މި ނިޒާމުގެ ތެރޭގައި 10 މިނެޓުން ކުރެވޭނެ. ކުރީގައި 3 ގަޑިއިރުން ކުރަމުން އައި ދަތުރުތައް އެއް ގަޑިއިރުން ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.
ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އާޒިމް ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ދަށުން މި އަހަރު ތެރޭގައި 41 ރަށެއްގައި ފެރީ ޓާމިނަލް ހަދާނެ އެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތަކީ އެހެންތަންތަނުން ދޭ ހިދުމަތާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު، އަގު ހެޔޮ ހިދުމަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ނިޒާމުގެ ދަށުން އަގުތައް ހުންނާނީ މިހާރު ސްޕީޑް ފެރީގައި ދަތުރު ކުރާ އަގުތަކަށްވުރެ ރަނގަޅު އަގުތަކެއްގައި. އަދި އަގުތައް ކަނޑައަޅާނީ ފްރީކުއެންޓްކޮށް ދަތުރު ކުރާ މީހުންނަށް ލުއި ވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ހއ. ހދ. އަދި ށ. އަތޮޅުގައި ސްޕީޑް ފެރީފެ ހިދުމަތް ދިނުމަށް އެމްޓީސީސީން 17 ލޯންޗު ބޭނުން ކުރާނެ އެވެ. މީގެ ތެރެއިން ތިން ލޯންޗު ބޭނުން ކުރާނީ ބެކަޕްގެ ގޮތުގަ އެވެ. މި ލޯންޗުތައް ޑިޒައިންކޮށް ބަންނާނީ އެމްޓީސީސީންނެވެ.
ދިވެހި އޮޑިވެރިން ލައްވައި ބަންނަ މި ލޯންޗުތައް ފަރުމާކޮށްފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށް ކަމަށް އެމްޓީސީސީން ބުންޏެވެ. ކޮންމެ ލޯންޗެއްގައި 40-50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ އެވެ.
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
ތިން އަހަރުން މުޅި ރާއްޖެ ފެރީން ގުޅާލެވޭނެ: އަސްލަމް
ފެރީ ނިޒާމުން ރާއްޖެ ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އާޒިމްގެ ތިން އަހަރު: އެމްޓީސީސީ ހަ ގުނަ ފުޅާވެއްޖެ
"އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު"