Roadha Mihaaru
ޝާހްރުކާއި ހިރާނީގެ ފިލްމު ޝޫޓިން ޖޫންގައި

ޝާހްރުކާއި ހިރާނީގެ ފިލްމު ޝޫޓިން ޖޫންގައި

26 ޖެނުއަރީ 2021

ޝާހްރުކް ޚާން ސޮއިކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން ސޮއިކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިހާރު "ޕަތާން" ކިޔާ އެކްޝަން ތުރިލާއެއް ކުޅެމުން އަންނަ 55 އަހަރުގެ އެކްޓަރު ހިރާނީގެ ފިލްމު ޝޫޓްކުރާނީ ޖޫން މަހާއި އޮކްޓޯބަރު މަހާ ދޭތެރޭގަ އެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ "ޕަތާން" ގެ ޝޫޓިން ނިންމައިލާނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހިރާނީގެ ފިލްމަކީ ސޯޝަލް ކޮމެޑީއެކެވެ. އެގޮތުން ފިލްމުގެ މައިގަނޑު ޕްލޮޓަކީ ހިޖުރަކުރުމާ ބެހޭ ވާހަކައެއް ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިރާނީ އާއި ކަނިކާ ދިލަން އެވެ.

މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ހިރާނީ އާއި ޝާހްރުކްގެ ފިލްމުގެ ބޮޑުބައި ޝޫޓްކުރާނީ އިންޑިއާގެ ޕަންޖާބާއި ކެނެޑާގަ އެވެ. މި ފިލްމަކީ ހިރާނީއާ އެކު ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

"މުންނާ ބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި ރަންބީރް ކަޕޫރާ އެކު ގެނެސްދިން އެކްޓަރު ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އެވެ.

މީޑިއާތަކުން ބުނީ އޮކްޓޯބަރުގައި ހިރާނީގެ ފިލްމު ނިންމައިލުމަށް ފަހު، ޝާހްރުކް ދެން ކުޅޭނެ ފިލްމެއް ނިންމާނެ އެވެ. މީގެ ކުރިން އަޑު އަރާފައިވާ ގޮތުން ތަމަޅަ އެކްޓަރު އެޓްލީގެ ފިލްމަކަށް އޭނާ ފެހި ސިގްނަލް ދީފައިވެ އެވެ.

ހިރާނީގެ ފިލްމުން ޝާހްރުކާ އެކު ބަތަލާގެ ރޯލުން ފެންނާނެ ކަމަށް މިހާރު އަޑު އަރާފައިވާ ބަތަލާ އަކީ އޭނާއާ އެކު އަދި ފިލްމެއް ނުކުޅޭ ތާޕްސީ ޕައްނޫ އެވެ. އެކަމަކު ކުރިން އަޑުތައް އެރި ގޮތުން ކަރީނާ ކަޕޫރާއި ކާޖޮލް އަށް ވެސް ފިލްމު ހުށަހެޅި އެވެ.

ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކައިފާ އެކު ކުޅުނު 2018 ގެ "ޒީރޯ" އެވެ.