Roadha Mihaaru
ރައީސާއާ ގުޅޭ ކޮރަޕްޝަން މައްސަލަ ސެމްސަން ކުންފުންޏަށް

ދެކުނު ކޮރެއާގެ ރައީސާއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލާގައި ސެމްސަންގެ އޮފީސް ފާސްކޮށްފި

08 ނޮވެމްބަރ 2016

ސޯލް (ނޮވެމްބަރު 8) - ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުއުން-ހައި އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލާގައި އެ ގައުމުގެ ޕްރޮސެކިއުޓަރުން ސެމްސަން އިލެކްޓްރޯނިކްސްގެ އޮފީހަށް ވަދެ ބަލާ ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސޯލް (ނޮވެމްބަރު 8) - ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުއުން-ހައި އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލާގައި އެ ގައުމުގެ ޕްރޮސެކިއުޓަރުން ސެމްސަން އިލެކްޓްރޯނިކްސްގެ އޮފީހަށް ވަދެ ބަލާ ފާސްކޮށްފި އެވެ.

ޕްރޮސެކިއުޓަރުން މިހާރު ތަހްގީގު ކުރަމުންދާ މައްސަލައަކީ ރައީސާ ޕާކް އަށް ނުފޫޒު ފޯރުވި ޗޮއި ސޫން-ސިލްގެ ދަރިއަކަށް ސެންސަން ކުންފުނިން ފައިސާ ދިން މައްސަލައެކެވެ. ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި ސެންސަންގުން ވަނީ ޗޮއި އާއި އޭނާގެ ދަރި ހިއްސާވާ ކުންފުންޏަކަށް 3.1 މިލިއަން ޑޮލަރުދީފަ އެވެ.

ޕާކުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޗޮއިގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރު ހިންގުމަށް މާބޮޑަށް ނުފޫޒު ފޯރުވާފައިވާތީ އެވެ. މި ގޮތުން ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމާއި ރައީސާ ޕާކުގެ ތަގްރީރުތައް އެޑިޓް ކުރުން ވެސް ހިމެނެ އެވެ. އޭނާގެ ބާރުގައި ސަރުކާރުގެ ތެރޭން ވިޔަފާރީގެ އެތައް ފައިދާއެއް ވެސް ނަގާފައިވެ އެވެ.

ދެކުނު ކޮރެއާގެ ރައީސާ ޕާކުގެ މައްޗަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ޗޮއި. --ފޮޓޯ:އޭއެފްޕީ

ދެކުނު ކޮރެއާގެ ރައީސާ ޕާކުގެ މައްޗަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ޗޮއި. --ފޮޓޯ:އޭއެފްޕީ

ސެމްސަން ކުންފުނީގެ އޮފީހަށް ޕްރޮސެކިއުޓަރުން ވަދެ ބަލާ ފާސްކުރިކަން އެ ކުންފުނިން ވަނީ ބީބީސީ އަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.

ރައީސާ ޕާކު ވަނީ ޗޮއިއާ އެކު މާބޮޑަށް ގުޅުން ބޭއްވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗޫ މި-އައި ވަނީ ޕާކުގެ އިސްތިއުފާގައި އިޚްލާސްތެރި ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މި މައްސަލާގައި ދެކުނު ކޮރެއާގައި މުޒާހަރާތައްކޮށް އެކަމަނާގެ އިސްތިއުފާ އަށް ދަނީ ގޮވާލަމުންނެވެ. ޕާކް ވަނީ ބޮޑު ވަޒީރު ބަދަލުކޮށް ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފަ އެވެ. އަދި އެކަމަނާގެ އަރިސް ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައި ވެސް ވެ އެވެ.

ޗޮއި ވަނީ މި މަހު 3 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ.