09 ނޮވެމްބަރ 2016
ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ކުރި އެންމެ ބޮޑު އެގްރީމަންޓަކީ ޖީއެމްއާރާއި ސަރުކާރާ އެކު ވީ އެގްރީމަންޓެވެ. ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އަޅުގަނޑުގެ ކުރީގެ ނައިބް ރައީސް، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުސޫލްތަކާ ހިލާފަށް އެ އެއްބަސްވުން ރުޅާލީ އެވެ. މިއަދު މިވަނީ އެ އަމަލުގެ ހިތި ދިވެހިން އުފުލާން ޖެހިފަ އެވެ. އަނބުރާ ދެއްކެން ނެތް މިންވަރަށް ދިވެހި ސަރުކާރު ދެރީ އެވެ. އެ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ނެތެވެ. މިވަގުތު ރާއްޖޭގެ ނެޓް ބޭރު ފައިސާގެ ރިޒާވްގައި 200 މިލިއަން އެމެރިކާ ޑޮލަރު ވެސް ނެތެވެ.
ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ކުރި އެންމެ ބޮޑު އެގްރީމަންޓަކީ ޖީއެމްއާރާއި ސަރުކާރާ އެކު ވީ އެގްރީމަންޓެވެ. ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އަޅުގަނޑުގެ ކުރީގެ ނައިބް ރައީސް، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުސޫލްތަކާ ހިލާފަށް އެ އެއްބަސްވުން ރުޅާލީ އެވެ. މިއަދު މިވަނީ އެ އަމަލުގެ ހިތި ދިވެހިން އުފުލާން ޖެހިފަ އެވެ. އަނބުރާ ދެއްކެން ނެތް މިންވަރަށް ދިވެހި ސަރުކާރު ދެރީ އެވެ. އެ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ނެތެވެ. މިވަގުތު ރާއްޖޭގެ ނެޓް ބޭރު ފައިސާގެ ރިޒާވްގައި 200 މިލިއަން އެމެރިކާ ޑޮލަރު ވެސް ނެތެވެ.
ގައުމުތަކުން، ތަރައްގީގެ މަސައްކަތަށް ދަރަންޏަށް ފައިސާ ހޯދަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުންނާއި ދޭދޭ އެކުވެރި ގައުމުތަކުންނެވެ. އެފައިސާ ނަގަނީ ވަކި މުއްދަތެއްގައި ވަކި އިންޓަރަސްޓަކާ އެކު ދައްކާށެވެ. އެފަދަ ދަރަންޏަކީ ސިޔާދަތުގެ ދަރަންޏެއް ނޫނެވެ. ހަގީގީ ދަރަނިވެރި ދަރަންޏަކީ ސިޔާދަތުގެ ދަރަންޏެވެ. ދެއްކެން ނެތް ދަރަންޏެވެ. ރާއްޖެ މިހާރު މިވަނީ ސިޔާދަތުގެ ދަރަނިން ދަރާފަ އެވެ.
ސިޔާދަތުގެ ދަރަނިން ދެރުމުން، ދިވެހި ރާއްޖޭގައި ހިންގާ އަމިއްލަ ވިޔަފާރި އާއި ސަރުކާރުގެ ވިޔަފާރި ވެސް ހުއްޓޭނެ އެވެ. ބައިނަލްއަޤްވާމީ މާލީ ނިޒާމް ހިނގަނީ، ގައުމުތަކުގެ ދަރަނި ހޯދޭ ގޮތަށް ދެނިޔޭގެ ކަންކަން ރޭވިފައި އޮންނާތީ އެވެ. ދިވެހި ސަރުކާރަށް ޖެހޭނީ އެފައިސާ ގަނޑުކޮށް ޖީއެމްއާރަށް ދައްކާށެވެ. ކޮމަންވެލްތުން ވަކިވެގެން، ނުވަތަ ވޯލްޑް ބޭންކާއި އިންޓަ ނޭޝަންލަ މޮނިޓަރީ ފަންޑުން ވަކިވެގެން މިކަމުން ރެކެވޭނެ ގޮތެއް ނުއޮންނާނެ އެވެ. މިއީކީ ގަޓުން ވާ ކަމެއް ނޫނެވެ.
ދެން ވެސް، ދިވެހިންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ރައީސް ޔާމީނު ގޮތްދޫކުރައްވާ، ހުރިހާ ޕާޓީތަކާ އެކު މަސައްކަތް ކުރެއްވުމެވެ. އަޅުގަނޑު، އެންމެ ބޭފުޅުންނަށް ޔަޤީންކަން އަރުވަމެވެ. އަޅުގަނޑުމެންނަށް މިކަމުގައި ގޮތް ހޯދޭނެ އެވެ. ހައްލު ހޯދޭނެ އެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމާއި ދިވެހިރާއްޖޭގެ މައި ދޮރާށި، މާލޭ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްޤީ ކުރުމަކީ އެމްޑީޕީން އެންމެ އިސްކަންދޭ އެއް ކަމެވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ ޚިދުމަތްތަކުގެ މަތީ ދަރަޖަ އެނގި ހާމަވެފައިވާކަމުންނެވެ.
އެއާޕޯޓު ތަރައްޤީ ކުރުމުގެ ޚަރަދުތަކަކީ ބޮޑު ޚަރަދުތަކެއް ކަމުންނާއި މިޒަމާނުގެ އިޤްތިޞާދުތަކުގައި އުމުރާނީ މަސައްކަތް ހިންގާ އުޞޫލްތަކަށް ބަލައި، އެމްޑީޕީ ސަރުކާރުން ގަސްދުކުރީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ބައިވެރިވެގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ބޭނުންކުރުމުގެ ޙައްޤު ދޭ ނަކަލެއްގެ ދަށުން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ސަރުކާރަށް ލިބެމުންދާ ފައިސާގެ ކޭޝްފްލޯ އެތައް ގުނައަކުން އިތުރުކުރުމަށެވެ. އެއާޕޯޓު ތަރައްޤީ ކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވުނީހެވެ. މަތީ ދަރަޖައިގެ ފަތުރުވެރިކަން އިތުރުވަމުންދާ ދިއުމަށް ޚިދުމަތްތައް އިންތިޒާމު ކުރެވުނީހެވެ. ދުނިޔޭގެ ފެންވަރުގެ އޮނިގަނޑެއް އެކުލަވާލެވުމާ އެކު ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވުނީހެވެ. އެއާޕޯރޓް ހިންގުމުގައި ރީތި ނަން ހޯދާފައިވާ ފަރާތަކުން ކަންކަން ހިންގަމުން ގެންދާން ފެށުމުން މުވައްޒަފުންގެ ކިބައިގައި މެނޭޖްކުރުމާއި ފަންނީ ހުނަރުތައް އިތުރުވެގެން ދާނެ އެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭ އަޅާ ސަރަހައްދުގެ މަސައްކަތް: ޖީއެމްއާރަށް އެއާޕޯޓް ދިނީ އަމިއްލަ އަށް ތަރައްގީކުރާ ގޮތަށް ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ހުޅުލޭ އެއާޕޯޓް ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރަން ފެށި މަސައްކަތަކީ، އަމިއްލަ ފަރާތަކާ އެކުގައި ސަރުކާރުން މަސައްކަތްކުރުމުގެ ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) ގެ ނިޒާމުގެ ތެރެއިން އެމްޑީޕީގެ ސަރުކާރުން ފުރަތަމަ ކުރިއަށް ގެންދިޔަ މަޝްރޫއު އެވެ. ޕީޕީޕީގެ ދަށުން ބިޑްކުރުމުގެ އިންތިޒާމުތައް ފަރުމާކޮށް ބަލަހައްޓައި މެނޭޖްކުރަން ސަރުކާރުން ކަނޑައެޅީ މުޅި ދުނިޔޭގައި ވެސް ޕީޕީޕީގެ މުއާމަލާތްތަކާއި ނިޒާމުތައް ހިންގަން ނަން މައްޝޫރު ތަޖުރިބާ ލިބިފައިވާ އަދި ވޯލްޑް ބޭންކުގެ މުއައްސަސާއެއް ކަމަށް ވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އެވެ.
އެއާޕޯޓު މެދުވެރިކޮށް އައިސްގޮސްވުމާއި އަދި ކުރެވޭ ކޮންމެ ހަރަކާތެއްގެ ކޮންޓްރޯލް ސަރުކާރަށް އަބަދުވެސް އޮތުމަށްޓަކައި މުހިންމު މުސްތަޤިއްލު ހިންގުން އެކުލެވެން ޖެހޭ ޚިދުމަތްތައް ކަމުގައިވާ ކަސްޓަމްސް، އިމިގްރޭޝަން، ވައިގެ ތެރޭގެ ނިޔަމިކަމާއި ހިމާޔަތްތެރިކަން ނުވަތަ އޭވިއޭޝަން ސެކިއުރިޓީ އާއި އެއާޓްރެފިކް ކޮންޓްރޯލް ހިންގާނީ ސަރުކާރުން ކަމަށް އޮތީ ކަނޑައަޅާފަ އެވެ.
އެއާޕޯޓުގައި މަސައްކަތްކުރާ ދިވެހިންގެ ވަޒީފާ ދެމިއޮތުމަށް އެމްޑީޕީ، ސަރުކާރުން އޮތީ މަތީ އަހައްމިއްޔަތުކަމެއް ދީފަ އެވެ. އެހެންކަމުން އެއާޕޯޓް ހިންގުމާ ހަވާލުވި އަމިއްލަ ފަރާތުން އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ސަރުކާރުން ޝަރުތުކުރި އެވެ. ތަރައްޤީ ކުރުމާއި ހިންގުމަށް ބަދަލުނުގެނެވޭނެ ޝަރުތުތައް ވަނީ ކަނޑައަޅާފަ އެވެ. މި ޝަރުތުތަކާ މެދު ޢަމަލުކުރާ ގޮތްތަކަށް ބަދަލުނުގެނެވޭނެ މަތީ މިންގަނޑުތަކަކުން ބަލާނީ އެމްއޭސީއެލް އިން ކަނޑައަޅާ މިނިވަން އިންޖިނިޔަރެކެވެ.
އެއާޕޯޓް ހިންގާ ފަރާތުން ކުރާ ކެޕިޓަލް ޚަރަދާއި ހިންގުމުގެ ޚަރަދެއްގެ އެއްވެސް ހިއްޞާއެއް ހޭދަކުރަން ސަރުކާރަށް ނެތިމެ އެއާޕޯޓް ހިންގައިގެން ލިބޭ ހުރިހާ އާމްދަނީއެއްގެ ހިއްޞާއެއް ސަރުކާރަށް ލިބުމާ އެކު، ވިޔަފާރީގައި މެދުވެރިވެދާނެ ނުރައްކާތެރިކަމާ ކުރިމަތިލުން، ނުވަތަ ބިޒްނަސް ރިސްކް ވަނީ އިންވެސްޓް ކުރާ ފަރާތަށް ބަދަލުކޮށްފަ އެވެ.
އެއާޕޯޓް ހިންގާނެ ފަރާތެއް އެކަށައެޅުމުގެ ބީލަން ހުށަހެޅުން ކުރިއަށްގެންދިޔަ 10 މަސްދުވަހު އެއާޕޯޓް ހިންގަން ދުނިޔޭގެ މަޝްހޫރު ހަ ފަރާތަކުން ބައިވެރިވިކަން އެއީ ބީލަން ހުށަހެޅުމަށް ހުޅުވާލި އިންތިޒާމްތަކުގެ ހަރުދަނާކަމާއި އެތެރެ ފެންނަކަމާ މެދު ބައިވެރިން ކުރި އިތުބާރަށް އަލިއަޅުވާލަދޭ ކަމެކެވެ. ބީލަން ކާމިޔާބުކުރީ ޖީއެމްއާރު- އެމްއޭއެޗްބީ ގުޅިފައިވާ ކުންފުނި ކަމަށް އިޢުލާންކުރީ ބީލަންތަކުގެ ޤާނޫނީ އަދި ފަންނީ އިންތައް ވަޒަންކުރުމަށް ފަހު، ސަރުކާރާއި އައިއެފްސީ އާއި މީޑިޔާގެ މަންދޫބުންގެ ހާޒިރުގައި މާލީ ހުށަހެޅުންތައް ހުޅުވާލުމަށް ފަހުގަ އެވެ.
ޖީއެމްއާރުން އަޅަން އުޅުނު އާ ޓާމިނަލްގެ ބުޑުތައް ތަޅާ ނަގާފައި: އެއާޕޯޓް ތަރައްގީކުރަން މިހާރު ނިންމާފައި ވަނީ އެމްއޭސީއެލް އިން -- ފޮޓޯ: ނިޝާން އަލީ /މިހާރު
ޖީއެމްއާރުން އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ ކުރިން، 2005 އާއި 2010 އާ ހަމައަށް ހިއްޞާގެ ނަފާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި އެމްއޭސީއެލް އިން ސަރުކާރަށް އަދާކޮށްފައިވަނީ އެވްރެޖްކޮށް އަހަރަކު 96 މިލިޔަން ރުފިޔާ އެވެ. މިއާ އަޅާބަލާއިރު ކުރިއަށް އަދާކުރާ ފީގެ ގޮތުގައި ޖީއެމްއާރު - އެމްއޭއެޗްބީގެ ގުޅިފައިވާ ކުންފުނިން އެއްފަހަރާ އަދާކުރި 1.2 ބިލިއަން ރުފިޔާ އެކަނި ވެސް އޭގެ ބާރަ ގުނަޔަށް އަރަ އެވެ. ކޮންސެޝަން ފީގެ ގޮތުގައި 32.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ޕެސެންޖަ ސާވިސް ޗާޖް (ޕީއެސްސީ)ގެ ގޮތުގައި 12.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކޮންސެޝަން ދޫކުރި މުއްދަތުގެ ތެރޭ ޖީއެމްއާރުން ސަރުކާރަށް އަދާކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ކޮންސެޝަން ދޫކުރި މުއްދަތު ނިމޭއިރު އެ މުއްދަތުގައި އެއާޕޯޓްގެ ތަރައްޤީއަށާއި ހިންގުމަށް އެންމެ ލާރިއެއް ވެސް ޚަރަދު ކުރަން ނުޖެހި ދިވެހިރާއްޖެއަށް 45 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭނެ އެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އެއާޕޯޓެއް، ސަރުކާރުން ޚަރަދެއްކުރަން ނުޖެހި ގައުމަށް ލިބެވިގެން ދާނެ އެވެ.
އެއާޕޯޓެއް ތަރައްޤީކުރުމުން ޤައުމެއްގެ އިޤްތިޞާދަށް ރަނގަޅު އަސަރުތަކެއް ކުރާނޭ ކަން އެއީ ކަނޑައެޅިގެން އެނގޭ ހަޤީޤަތެކެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާ ވާ މިންވަރަށް ބަލާއިރު، އެއާޕޯޓްގެ ވަޞީލަތްތައް ފުޅާކުރުމުގެ އިތުރަށް ދުނިޔޭގެ ފެންވަރަށް އެއާޕޯޓް ތަރައްޤީކުރުމަކީ ދިވެހި ސަރުކާރަށް އެހެން ގޮތެއް ނެތި، ކޮންމެހެން ކުރަން މުހިންމު ކަންކަމެވެ.
އެއާޕޯޓް ތަރައްޤީ ކުރުމަށް ހިނގާނޭ ޚަރަދުތައް ނުކުރެވޭހާ މައްޗެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ ކިތަންމެ ފަސާދައެއް އަދި ނޭއްގާނީ އަމަލެއް މިވަނީ މުޅި ދުނިޔެ އަށް ފެނި އާންމުވެފަ އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެދަނީ ގެއްލެމުންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިއްތިހާދު ރޫޅިއްޖެ އެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީގައި އިންތިހާއަށް ފެކްޝަން އުފެދިއްޖެ އެވެ. ކުރީގެ ރައީސް، އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމް، ސަރުކާރަށް ދެއްވާ ތާއިދު އަނބުރާ ގެންދަވައިފި އެވެ. ރައީސް ޔާމީނުގެ ސަރުކާރަށް އިތުބާރު ކުރާނެ މާލީ އިދާރާއެއް ނެތެވެ. މި އެންމެ ހާލަތާއި އަދި ދުނިޔެ އަށް މެދުވެރިވެފައިވާ އިގްތިޞާދީ ހީނަރުކަމާއި ރާއްޖޭގެ މާލިއްޔަތަށް އިތުރުވެފައިވާ ޑެފިސިޓް އާއި ފަތުރުވެރިކަން ދައުރުވުމުގައި މެދުވެރިވާ ލޮޅުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވެސް ވަނީ ގުޑުންއަރާފަ އެވެ. ކުރިއަށް މިއޮތް މެދު ރާސްތާގައި އެއާޕޯޓް ތަރައްގީ ކުރާވަރުގެ ބޮޑު ލޯނެއް ނަގަން ދިވެހި ސަރުކާރަށް ދައްޗެވެ. އެންމެ ރަނގަޅު ހައްލަކީ އަމިއްލަ ފަރާތަކުން ފައިސާ ހިއްޞާކުރުން ނުވަތަ ޕްރައިވެޓް އިންވެސްޓްމަންޓެވެ. (ދެ ވަނަ ބައި މާދަމާ)
ރައީސް މުހައްމަދު ނަޝީދަކީ، ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން ވެސް ލިޔުންތެރިއެކެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަައްގީކޮށް ހިންގަން ޖީއެމްއާރަށް އެމަނިކުފާނުގެ ސަރުކާރުން ދިން ގޮތާއި އެ ނިންމުމުން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރި ފައިދާއާ ބެހޭ ބައެއް މައުލޫމާތު، މި މަޒުމޫނުގެ މާދަމާ ޖަހާ ބައިން ކިއުންތެރިންނަށް ސާފުވާނެ އެވެ.
ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދަރަނި
މޫސަގެ ކޮލަމް: ޖީއެމްއާރުގެ ވާހަކަ ނިމިއްޖެ!
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން
އެއާޕޯޓު އަނބުރާ ހޯދަން ހިތްވަރު ދެއްވީ ރައީސް ޔާމީން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ޖީއެމްއާރަށް ދޭ ބަދަލުގައި ލޯނަށް ނެގި ފައިސާ ހިމެނޭ
މޫސަގެ ކޮލަމް: ރެކިގަތުމުގެ އުޒުރަކަށް ކޮމަންވެލްތު
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!
ޔާމީންގެ ބަންދުގެ ޝަކުވާ ކޮމަންވެލްތު މެމްބަރުންނަށް
ވެރިކަން ވައްޓާލީ ޑްރަގުގެ ބޮޑުންނާ ގުޅިގެން: އިލްޔާސް