31 ޖެނުއަރީ 2021
ލާމަރުކަޒީ ނިޒާމު ހިންގަން ކައުންސިލްތަކަށް ދިން ބާރުތައް މުށުތެރެއަށް ޖަމާކޮށް ކުރީގެ ސަރުކާރުން ބާރު ކަނޑުވާލާފައި ވަނިކޮށް، މި ވެރިކަމުގައި ގާނޫނު އިސްލާހުކޮށް ފުރިހަމަ ބާރާއި މިނިވަންކަންދީ އެމްޑީޕީން ކައުންސިލް އިންތިޚާބަށް ނުކުތީ އިދިކޮޅު ތިން ބަލިކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމު ހިންގަން ކައުންސިލްތަކަށް ދިން ބާރުތައް މުށުތެރެއަށް ޖަމާކޮށް ކުރީގެ ސަރުކާރުން ބާރު ކަނޑުވާލާފައި ވަނިކޮށް، މި ވެރިކަމުގައި ގާނޫނު އިސްލާހުކޮށް ފުރިހަމަ ބާރާއި މިނިވަންކަންދީ އެމްޑީޕީން ކައުންސިލް އިންތިޚާބަށް ނުކުތީ އިދިކޮޅު ތިން ބަލިކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް 10ގައި އޮންނަ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށެވެ. މައި ސަރުކާރަށް ބަރޯސާނުވެ ރަށާއި އަތޮޅުތައް ތަރައްގީކުރަން ގާނޫނަށް އިސްލާހު ގެނެސް ދީފައިވާ ބާރުވެރިކަމާއި މިހާތަނަށް ރަށްރަށުގައި ސަރުކާރުން ހިންގި މަޝްރޫއުތަކަށް ބަލާއިރު އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ސަބަބެއް ހިސާބު ޖެއްސެވިއިރު ނެތް ކަމަށް ވިދާޅުވި އެވެ.
"މިއީ، ރަށްވެހި ކަމުގެ އާ ފަތިހެއް، މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އަޅުގަނޑުމެންގެ ވާދަވެރިން ތިން ބަލިކުރަން ނުކުންނަ ފަހަރު. އިރާދަކުރެއްވިއްޔާ ބޮޑު ބައްޔަކުން އަޅުގަނޑުމެންގެ ވާދަވެރިން ބަލިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ތިން ބަލި ކުރާނެ ކަމަށް ނަޝީދު އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރެއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިދިކޮޅަށް ލިބުނު ނާކާމިޔާބަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތައް ވަނީ ބިކަކޮށް ބާކީކޮށް ނުހިންގޭނޭ ހުރިހާ ގޮންޖެހުމެއް ކުރިމަތިކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ 2018 ގައި ހަވާލުވެވަޑައިގަތް އިރު ކައުންސިލްތަކަށް ހަރަކާތްތެރިނުވެވި ބަލިކަށިވެފައި އޮތް މިންވަރު ރައްޔިތުންނަށް ސާފު ކަމަށެވެ. ގާނޫނު އިސްލާހުކޮށް ކައުންސިލްތައް ބާރުވެރިކޮށްދިނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެ ހިންގަން އަބަދުވެސް ބޭނުންވާ ގޮތް ކަަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތައް މިނިވަންކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން ސްޕޯކްސްޕާސަން ސައިފް ބައިވެރިވެވަޑައިގަންނަވަނީ.
ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ދަންމާލައި މާލީ މިނިވަންކަމާއި ފައިސާގެ އެހީދީ، އަމިއްލަ އަށް މަޝްރޫއުތައް ހިންގުމާއި ދަރަންޏަށް ޒިންމާވުމާއި ތަރައްގީގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނަ ގޮތަށް ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފައިދާ ހޯދައިދެވޭނެ އެތައް ވަސީލަތްތަކެއްގެ ބޭނުން ހިފުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނަށް ގެނައި އެންމެ މުހިއްމު އެއް ބަދަލެއްގެ ގޮތުގައި އެމްޑީޕީން ދެކެނީ ކައުންސިލްތަކުގެ 33 ޕަސެންޓުގެ ގޮނޑިތައް އަންހެނުންނަށް ކަނޑައަޅައި ރަށުގެ ތަރައްގީގައި ބައިވެރިވުން ބޮޑުކޮށްދިނުމެވެ. އެއީ ރާއްޖޭގެ ތަރައްގީއަށް މިވަގުތަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކާއި ހިންގާފައިވާ ޕްރޮޖެކްޓްތައް، އެއްވެސް ސަރުކާރަކަށް ހިންގިފައި ނެތް ކަމަށެވެ. ރަށްރަށުގައި ހިންގާފައިވާ ބަނދަރާއި ފެނާއި ނަރުދަމާ އާއި މަގު ހެދުމާއި ކަރަންޓު ދިނުމާއި ސިއްހީ ދާއިރާގެ އެކި މަޝްރޫއުތަކުގެ ތަފްސީލްތައް ވެސް ހިއްސާކުރެއްވި އެވެ.
"ގާނޫނަށް މި ގެނެވުނު ބަދަލާއި ސަރުކާރުން ރައްޔިތުންނަށް މިދިޔަ ދެ އަހަރު ކޮށްދީފައިވާ މަސައްކަތްތައް، މި ދެކަން އެކުވީމާ އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފުދޭ އަޅުގަނޑުމެން މިދަނީ ދިވެހި ރައްޔިތުން އެދޭ އާ ފަތިހަކަށް ކަން،" ނަޝީދު ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވޭނެ ކަމަށާއި އެ ޕާޓީއަކީ އިންތިޚާބުތައް ލަސްކުރަން ބޭނުންވާ ޕާޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީން ކެމްޕޭނާއި އެހެން ހުރިހާ ކަމެއް ރާވައި އިންތިޒާމްކުރާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ފާޅުކުރާ ކަންބޮޑުވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ އިންތިޚާބަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވަން އިތުރަށް ބޭނުންވާ 44 މިލިއަން ރުފިޔާއާ އެކު މި އިންތިޚާބަށް ޖުމްލަ 95 މިލިއަން ހޭދަވާނެ ކަަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އިންތިޚާބުގެ ކެމްޕޭން އެ ޕާޓީން ކުރިއަށް ގެންދާނީ ކޮވިޑުގެ ހާލަތު ކަމަށް ވުމާ އެކު ތަފާތުކޮށް ކަމަށެވެ. އެކަމަކު ހުރިހާ ރަށްތަކެއްގައި ވެސް ކެމްޕޭން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
"މި އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ދިނުމަށް ކައުންސިލްތަކެއް ގާއިމްކުރެވޭނެ،" ހަސަން ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ސްޕޯކްސްޕާސަންއަކަށް ހަމަޖައްސާފައި ވަނީ މާލޭ ސިޓީ ކައުންސިލަށް އޮޓޮމެޓިކުން އިންތިހާބުވެވަޑައިގެންފައިވާ މުހައްމަދު ސައިފެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރިހަމަ ބާރުވެރިކަން ކައުންސިލްތަކަށް ލިބެން ޖެހޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުކުރެއްވުމެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވައި ހިންގަވަނީ ވެސް ކައުންސިލްތަކަށް ބާރުދީ ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ކަމަށް ސައިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަށްވެހި ކެމްޕޭން މި ފަށައިގަންނަނީ. އެޕްރީލް 10 ވާ ހޯމަ ދުވަހު ތިޔަބޭފުޅުން ވޯޓު ދެއްވާނީ ލާމަރުކަޒީ ނިޒާމް ދަންނަ، އެ ނިޒާމް ހިންގުމުގެ ވިސްނުމާއި ބާރު އަދި ފަންވަރު ހުރި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ސައިފް ވިދާޅުވި އެވެ.
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތާއެކު ކަންބޮޑުވުން!
ކައުންސިލް އިންތިހާބުން ބަލިވީ ސަރުކާރާ ހެދި: ނަޝީދު
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
ވޯޓު ނުދިނުމަކީ ހައްލެއް ނޫން: ނަޝީދު
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ
ހަތަރު މޭޔަރުކަމާއި 1،000 ގޮނޑި ލިބޭނެ: ނަޝީދު