ރ. އުނގޫފާރާއި އއ. ބޮޑުފުޅަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
31 ޖެނުއަރީ 2021
ރ. އުނގޫފާރާއި އއ. ބޮޑުފުޅަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގަައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.
ބޮޑުފުޅަދޫގެ މަޝްރޫއުގައި، އަށް ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1،052 މީޓަރަށް ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހައި، 180 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލާނެ އެވެ. އަދި 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 78.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު އަހަރެއްގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.
އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1150 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 75 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ވެސް ޖަހާނެ އެވެ.
މި މަޝްރޫއަށް 75.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކޮށްފައިވާއިރު 240 ދުވަސް ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
100 މިލިއަނަށް، އިތުރު 3 ޕްރޮޖެކްޓް އެމްޓީސީސީއަށް
އުނގޫފާރާއި މާކުރަތު ބަނދަރު މަސައްކަތް އެމްޓީސީސީއަށް
ހަތަރު ރަށެއްގެ މަގުތަކުގައި ތާރުއަޅަން އެމްޓީސީސީއަށް
އުނގޫފާރު ނެރަށް އެރި އެމްޓީސީސީ ކޮޅުވެއްޓި ފުންކޮށްފި
ޕީކް ސީޒަނަށް ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ ސަމާލުވާން އެދިއްޖެ
ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅަން ފަށަނީ
ރަސްމީފާލަން ހެދީ އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް