Roadha Mihaaru
ވައިފައި ގޮތަށް މަސައްކަތްކުރާ ޗާޖިން ޓެކްނޮލޮޖީއެއް

ވައިފައި މަސައްކަތްކުރާ ގޮތަށް ޝޯމީން ވަޔަލެސް ޗާޖިން ޓެކްނޮލޮޖީއެއް

02 ފެބުރުއަރީ 2021

މޮބައިލް ފޯނު ޗާޖުކުރަން ގެންގުޅޭ އެޑަޕްޓަރުތަކަކީ ކުރިމަގުގައި ބޭކާރު އެއްޗަކަށް ވެދާނެ އެވެ. އޭގެ ކޮޅުމަތި މިހާރު ވެސް ވަނީ ފެންނަން ފަށައިފަ އެވެ. ސްމާޓްފޯނުގެ ސްކްރީނުން ފޯނު ޗާޖްކުރެވިދާނެ ކަމަށް ވެސް އެބަ ބުނެ އެވެ. ޗައިނާގެ ޝޯމީން މިހާރު މި ވަނީ ވައިފައި މަސައްކަތްކުރާ ގޮތަށް، އެއްވެސް ނަރެއް ގުޅުމަކާ ނުލައި ޗާޖުކުރެވޭނެ ޓެކްނޮލޮޖީއެއްގެ އުންމީދު އާކޮށްދީފަ އެވެ. މިއަށް ކިޔަނީ "މައި އެއާ ޗާޖް" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ ޑިވައިސްތަކަށް ވައިފައި މެދުވެރިކޮށް އިންޓަނެޓް ލިބޭ ގޮތަށް ފޯނު ޗާޖްކޮށްލެވޭ ޓެކްނޮލޮޖީއެކެވެ. މިހެން ވެއްޖެ ނަމަ މިއީ "އަސްލު ވަޔަލެއް ޗާޖިން" އަށް ވާނެ އެވެ. "މައި އެއާ ޗާޖް" ދޫކޮށްފައިވާ ތަނެއްގައި އެއާ ގުޅޭ ޑިވައިސްއެއް ގެންގުޅޭ ނަމަ މިއިން ޗާޖްކޮށްދޭނެ އެވެ.

މީގެ ވާހަކަ ޝޯމީގެ ބްލޮގްގައި ކިޔައިދީފައިވާއިރު ބުނެފައި ވަނީ މިއީ ކުރިމަގުގައި ސްމާޓް ޑިވައިސްތައް ޗާޖްކުރަން އެންމެ ފަސޭހަ އަދި އެންމެ ފުރިހަމަ ގޮތަށް ވާނެ ކަމަށެވެ. އަދިވެސް ތަރައްގީކުރުމުގެ މަރުހަލާގައި އޮތް "މައި އެއާ ޗާޖް" ބިނާވެފައި ވަނީ "ސްޕޭސް ޕޮޒިޝަނިން" އާއި "އެނަޖީ ޓްރާންސްމިޝަން" ގެ މައްޗަށެވެ. މާނަ އަކީ މިގެ އެހީގައި އެންޓަނާތަކެއް މެދުވެރިކޮށް، ޑިވައިސްއެއް އޮންނަ ދިމާ ފާހަގަކޮށް، އެ އޮތް ދުރުމިނަށް ބަލައި ޗާޖްކޮށްދޭން މަގުފަހިކޮށް ދިނުމެވެ.

މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރަން ޝޯމީން "ބީކަން އެންޓަނާ" އާއި "ރިސީވިން އެރޭ އެންޓަނާ" ސިގްނަލް ބޭނުންކުރާނެ އެވެ. އަދި އޭގެ ރައްކާކޮށްދޭ ހަކަތައިން ޑިވައިސްތައް ޗާޖްކޮށް ދޭނެ އެވެ.

ޝޯމީން ބުނި ގޮތުގައި މި "މައި އެއާ ޗާޖް" ގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާ އިރު، އޭގެ އެހީގައި އެތައް މީޓަރު ދުރުމިނެއްގައި އޮންނަ ޑިވައިސްއަކަށް ފަސް ވޯޓްގެ ރިމޯޓް ޗާޖިންއަކުން ޗާޖްކޮށް ދޭނެ އެވެ. އަދި މީތި ތަރައްގީވެ ފުރިހަމަވެގެން އަންނަ އިރު އެއް ފަހަރާ ގިނަ ޑިވައިސްތަކެއް ވެސް ޗާޖްކޮށްދޭނެ އެވެ.

ވަޔަލެސް ޗާޖިން އުންމީދު ބޮޑުކޮށްދިން ނަމަވެސް ޝޯމީގެ "މައި އެއާ ޗާޖް" ނެރޭނެ ދުވަހެއް އަދި ނޭނގެ އެވެ. ނެރޭނެ އިރެއްގެ އިޝާރާތެއް ވެސް އެ ކުންފުނިން އަދި ނުދެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މިއީ މި އަހަރު ޝޯމީން ގެނެސްދޭނެ ޓެކްނޮލޮޖީއެއް ނޫނެވެ.