Roadha Mihaaru
ފިހާރަތަކާއި ކޭފަތައް ރޭގަނޑު 10:30ގައި ބަންދުވާނެ

ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ 10:30 ވަންދެން

03 ފެބުރުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް ހަރުކަށިކުރުމުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް ހަރުކަށިކުރުމުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވުމުގެ ސަބަބުން އިއްޔެ އެޗްޕީއޭއިން ނެރުނު ގައިޑްލައިންތަކާ ގުޅިގެން މިނިސްޓްރީން ގެނައި ބަދަލުތަކެކެވެ. މިހާރު ވަނީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތްދޭ ތަންތަނުން އެޗްޕީއޭއިން އެކުލަވާލައިފައިވާ ގައިޑްލައިނުތަކާ އެއްގޮތަށް އަމަލު ކުރުމަށް އަންގައިފަ އެވެ.