ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އާއްމު ހިދުމަތްދޭ ތަންތަނުގެ ހާލަތު ބަލަން މާސް އިންސްޕެކްޝަނެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
01 ފެބުރުއަރީ 2021
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އާއްމު ހިދުމަތްދޭ ތަންތަނުގެ ހާލަތު ބަލަން މާސް އިންސްޕެކްޝަނެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން އަންނަކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޓަކައި، އާއްމު ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުން ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގައި ކަމަށެވެ. ފުލުހުންގެ އެހީގައި ކުރިއަށް ގެންދާ، އެ އިންސްޕެކްޝަން ފަށާނެ ވަކި ދުވަހެއް ނުބުނެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭތަންތަނާއި ފިހާރަތަކާއި މާރުކޭޓްތައް އަދި ސެލޫންތަކާއި ފިޓްނަަސް ސެންޓަރުތައް މިފަހަރުގެ އިންސްޕެކްޝަންގައި ވެސް ބަލާނެކަމަށާއި އާއްމު ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުތައް ވެސް މިފަހަރުގެ އިންޕެކްޝަންގައި ބަލާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އެ އިދާރާއިން އެކުލަަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އެ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވުމަށް ފަހު އަލުން އިތުރުވާން ފެށީ މިދިޔަ ޑިސެމްބަރުމަހު އެވެ. އެހެން ނަމަވެސް އޭރު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ހުރީ 100 އިން ދަށުގަ އެވެ. އެހެން ނަމަވެސް އެބަލީގެ ކޭސްތައް އިތުރުވެ، ކޮންމެ ދުވަހަކު އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 100 އިން މަތީގަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 14،139 އެވެ. އެބަލީގައި މަރުވިމީހުންގެ އަދަދަކީ 51 އެވެ. މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އެބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 163 އެވެ.
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް
އުސޫލުންބޭރުން ބޭއްވި އެހެން ޕާޓީއެއް ވެސް ހުއްޓުވައިފި
އުސޫލާ ހިލާފަށް ޕާޓީ ބޭއްވުމުން ސޯލްޓު ކެފޭ ޖޫރިމަނާ
ގައިޑްލައިނަށް އަމަލުކުރޭތޯ ބަލަން ބޮޑު އިންސްޕެކްޝަނެއް
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
އެޗްޕީއޭގެ އުސޫލާ ހިލާފުވި 258 ތަނެއް ބަންދުކުރި
މިދުވަސްވަރު ދޭންވީ ޓޭކްއަވޭގެ ޚިދުމަތް އެކަނި: އަރޫނާ
ގަވާއިދާ ހިލާފު ވުމުން އިތުރު 20 ތަނެއް ބަންދުކޮށްފި