Roadha Mihaaru
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް

ކޮވިޑް-19: ކާފިއު މުއްދަތުގައި ފިހާރަތަކާއި ކެފޭތައް ހުޅުވާނީ ރޭގަނޑު 9:00 އާ ހަމައަށް

06 މެއި 2021

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކާފިއު އިއުލާން ކޮށްފައި ވާތީ، މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވޭނީ ރޭގަނޑު 9:00 އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކާފިއު އިއުލާން ކޮށްފައި ވާތީ، މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވޭނީ ރޭގަނޑު 9:00 އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް ވިޔަސް، ރޭގަނޑު 9 ޖަހަންދެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވުމުގެ އުސޫލަށް އަމަލު ކުރަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8 އިން ރޭގަނޑު 9 ޖަހަންދެން ކަމަށެވެ. ނަމަވެސް ފުލުހުންގެ ހުއްދައާއެކު ރޭގަނޑު 12 ޖަހަންދެން އެފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

އަންނަ އަންގާރަ ދުވަހާ ހަމައަށް ކެފޭ/ރެސްޓޯރެންޓުތައް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9 ޖަހަންދެންނެވެ. ފުލުހުންގެ ހުއްދައާއެކު ދަންވަރު 3 ޖަހަންދެން މިފަދަ ތަންތަނަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

އެޗްޕީއޭއިން ވަނީ ޖިމްތަކާއި ސިނަމާތަކާއި ސެލޫންތައް ވެސް މާދަމާ އިން ފެށިގެން ބަންދުކުރަން އަންގައިފަ އެވެ.