ޅ. މަދިރިގުރައިދޫގައި ހިންގާ ޕާމް ބީޗު ރިސޯޓުގެ އަގު ދަށްކޮށް އަނެއްކާ ވެސް ވިއްކަން އިއުލާންކޮށްފި އެވެ.
08 ފެބުރުއަރީ 2021
ޅ. މަދިރިގުރައިދޫގައި ހިންގާ ޕާމް ބީޗު ރިސޯޓުގެ އަގު ދަށްކޮށް އަނެއްކާ ވެސް ވިއްކަން އިއުލާންކޮށްފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވަނީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން މި ރިސޯޓު ވިއްކައިލަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އެކަށީގެންވާ ޕްރޮޕޯޒަލްތައް ނުލިބުމުގެ ސަބަބުން އަނެއްކާވެސް އެ ރިސޯޓު ވިއްކަން އިއުލާން ކުރީ ކަމަށް އެސްބީއައިއިން ބުންޏެވެ.
މި ރިސޯޓު ވިއްކާލަން އެންމެ ފުރަތަމަ އިއުލާން ކުރީ 26 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެކަށީގެންވާ ޕްރޮޕޯޒަލް ނުލިބުމުން ތިން ފަހަރު ރިސޯޓުގެ އަގު ވަނީ ދަށްކޮށްފަ އެވެ. އެ ތަން ވިއްކައިލަން މި ފަހަރު އިއުލާން ކޮށްފައިވަނީ 13.05 މިލިއަން ޑޮލަރަށެވެ.
އެސްބީއައި އިން ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަނާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓު ރަހުނުކޮށް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ.
އެ ރިސޯޓު ނީލަމުގައި ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ޖުލައި 22، 2018 ގައި ދީ، ހުކުމް ވެސް ކޮށްފަ އެވެ.
ޕާމް ބީޗް ރިސޯޓަކީ އިބްރާހިމް އަލިމަނިކުގެ ނަމުގައި އޮތް ހަތަރު ތަރީގެ ރިސޯޓެކެވެ. މި ރިސޯޓުގައި 135 ވިލާ ހުރެ އެވެ.
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
ޕާމްބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި
އެސްބީއައިގެ ސެކިއުރިޓީއަކަށް ހުރި މީހަކަށް ހަމަލަދީފި
ސުޕްރީމް ކޯޓުން ވެސް ޝީޝާ ތިން ބެއިންނަށް ކާމިޔާބު
މިދިޔަ އަހަރު އެސްބީއައިއަށް ލިބުނު ފައިދާ ދަށްވެއްޖެ
ލޯނު ނުދައްކައިފިއްޔާ މަނިކުގެ 3 ރަށް ވިއްކާލެވިދާނެ
އެސްބީއައި އަށް ރާއްޖެ އިން ބޮޑު ފައިދާއެއް!
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ސުޕްރީމް ކޯޓުން އެސްބީއައި އަށް ވަރުގަދަ އަމުރެއް