ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލަން ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
17 ޖުލައި 2020
ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލަން ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ޅ. މަދިރިގުރައިދޫގައި ހިންގާ ޕާމް ބީޗް ވިއްކާލަން އެސްބީއައި އިން އިއުލާން ކުރީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނު ކޮށްގެން ނެގި ލޯނަކަށް ފައިިސާ ނުދެއްކުމުން، ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކަށް ދިނުމުންނެވެ. އެހެންވެ، މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ރިސޯޓް ނީލަމުގައި ވިއްކައިލަން އިއުލާންކުރި އެވެ.
ޕާމް ބީޗު ރިސޯޓު ވިއްކައިލަން މީގެ ކުރިން، ނީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 26 މިލިއަން ޑޮލަރު ކަމަށް ވިޔަސް މި ފަހަރުގެ އަގަކީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެތަން ވިއްކައިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ނީލަން ކާމިޔާބު ކުރާތާ 15 ދުވަސް ތެރޭގައި އެއް މިލިއަން ޑޮލަރު ދެއްކުމަށް ފަހު ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ވެސް އެސްބީއައި އިން ބުނެ އެވެ.
އެރިޔަދޫ ރިސޯޓް ވިއްކާލުން މަޑުޖައްސާލަން އަމުރުކޮށްފި
ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 12 ބިލިއަނަށް!
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ޕާމް ބީޗް ރިސޯޓުގެ އަގު ދަށްކޮށް އަނެއްކާވެސް ބީލަމަށް
ޓޫރިޒަމަށް ބީއެމްއެލްއިން 30 މިލިއަން ރުފިޔާގެ ލޯނު
ރިސޯޓު ހަދަން ކުރާ ހޭދަ އަނބުރާ ލިބެން 20 އަހަރު
ލޯނު ނުދައްކައިފިއްޔާ މަނިކުގެ 3 ރަށް ވިއްކާލެވިދާނެ
ޕާމް ބީޗްގެ ހުއްދަ ބާތިލުކުރުމުން ހިންގުން މެދުކެނޑިއްޖެ
އެރިޔަދޫ ވިއްކާލަން ހުއްދަ ދީ ކުރި ހުކުމް ރަނގަޅު
ދަރަނި އަދާކުރަން ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ދީފި