Roadha Mihaaru
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 900ރ. ބަހަނީ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 900ރ. ބަހަން ނިންމައިފި

09 ނޮވެމްބަރ 2016

މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނަށް މި އަހަރު 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނަށް މި އަހަރު 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މާލޭ ސަރަހައްދުގެ މީހުންނަށް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަަމައަށް މުދަލުގެ ޒަކާތް ބަހަން ފަށާނެ ކަމަށެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ބަހާނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަގީރުންގެ ގޮތުގައި މިއަހަރު 12،335 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެއީ މާލޭ ސަރަހައްދުން 2،399 މީހުންނާއި އަތޮޅުތަކުން 9،936 މީހުންނެވެ.

ނަމަވެސް ޒަކާތު ފަންޑަށް މިިދިޔަ އަހަރު ލިބުނު ޖުމްލަ ފައިސާގެ އަދަދެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 44 ރުފިޔާ ނުލިބޭނަމަ އެވެ.