އެސްޓީއޯ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
18 ފެބުރުއަރީ 2021
އެސްޓީއޯ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ވަޒީފާގެ މާހައުލަށް ދިވެހި ޒުވާނުން ތަމްރީން ކުރުމުގެ ގޮތުން އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެ ކުންފުނީގެ ވަޒީފާގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 25 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. މި ފޯމު އެ ކުންފުނީގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ހަތަރު ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރޭގައި އައިޓީ އާއި އިލެކްޓްރިޝަން އާއި ރީޓެއިލް ސާވިސް އަދި އޮޓޯމޯޓިވް މެއިންޓެނެންސް ހިމެނެ އެވެ.
މި ޕްރޮގްރާމުގައި އައިޓީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް އަސާސީ ތައުލީމު ލިބިފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އައިޓީ ދާއިރާއަށް ފޯމު ހުށަހެޅޭނީ އޯލެވެލް ނިންމާފައިވާ މީހުންނަށް އެކަންޏެވެ.
އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.
އެސްޓީއޯގައި ތަމްރީންވުމުގެ ފުރުސަތު ހުޅުވާލައިފި
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ބާޒާރުމަތީގައި ހުޅުވައިފި
އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު
"ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަން ފައިދާ
ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
އެސްޓީއޯއިން މޭވާ ވިއްކަނީ ވާދަޔަކަށްނޫން: ސައީދު
އަސާސީ ކާބޯތަކެތީގެ 23 ބާވަތް ވިއްކަން ފަށައިފި
ބަންކަރިންގެ ހިދުމަތުން ލިބުނީ 12.4 މިލިއަން ޑޮލަރު