ލަންޑަން (ފެބްރުއަރީ 20) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދަން ކުރަމުން އަންނަ މަސައްކަތްތައް މަޑުޖައްސާލައި މެންޗެސްޓާ ސިޓީން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 20) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދަން ކުރަމުން އަންނަ މަސައްކަތްތައް މަޑުޖައްސާލައި މެންޗެސްޓާ ސިޓީން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މެސީ ބޭނުންނަމަ މިހާރު ވެސް ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް ކްލަބް ބަދަލުކުރާ ގޮތަށް އޭނާ އިހުތިޔާރުކުރާ ޓީމަކާ އެކު ޕްރީ އެގްރީމަންޓެއްގައި ސޮއިކުރެވޭނެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން މެސީ އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އަންނަ މަހު ހަތް ވަނަ ދުވަހު ބާސެލޯނާގެ އާ ރައީސް ހޮވަން ބާއްވާ އިންތިހާބަށް ފަހު އެވެ.
މެސީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވަނީ ސިޓީގެ އިތުރުން ޕީއެސްޖީ އެވެ. ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ މެސީ އަށް ޝައުގުވެރިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުުނީ އޭނާ ބޭނުންވަނީ މެސީ ބާސެލޯނާގައި ހުރެ ރިޓަޔާކުރަން ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގެ މުހިއްމު ނިންމުންތައް ނިންމަންޖެހޭނީ ކުޅުންތެރިޔާ ބޭނުންވާ ގޮތަށް ކަމަށެވެ. ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް މީގެ ކުރިން ވަނީ މެސީ ފަދަ ކުޅުންތެރިއަކަށް ކޮންމެ ޓީމަކުން ވެސް ޝައުގުވެރިވާނެ ކަމަށް ބުނެފަ އެވެ.
އަންނަ ސީޒަނަށް ސިޓީ ވަރުގަދަ ކުރުމުގެ ގޮތުން 200 މިލިއަން ޕައުންޑްގެ ޓްރާންސްފާ ބަޖެޓެއް ކްލަބްގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިޓީން އެންމެ ބޮޑަށް މަސައްކަތްކުރާނީ ޓޮޓެންހަމްގެ ހެރީ ކޭން ނޫނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް ހޯދަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އެ މަސައްކަތަށް ބޮޑަށް ފޯކަސް ކުރުމުގެ ގޮތުން މެސީގެ ޑީލްގެ ކަންތައްތައް ސިޓީން ވަނީ މަޑުޖައްސާލައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީން މެސީގެ ޑީލާ މެދު ގޮތެއް ނިންމުން މަޑުޖައްސާލި އަނެއް ސަބަބަކީ އޭނާގެ މުސާރަ ބޮޑުވުމެވެ.
ބާސެލޯނާއާ އެކު 2017 ގައި މެސީ ހެދި އެއްބަސްވުން ދާދި ފަހުން ސްޕެއިނުގެ މީޑިއާގައި ލީކްކޮށްލިއިރު، އޭގައިވާ އޮތް ގޮތުން މި ހަތަރު އަހަރުގެ ތެރޭގައި އޭނާއަށް 674 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ އަހަރަކަށް ބަލާ ނަމަ 166 މިލިއަން ޑޮލަރެވެ. އެކަމަކު މިއީ ބާސެލޯނާގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަ މެސީގެ މުސާރަ އަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.
ރަސްމީ ލިޔެކުންތަކުން ފެންނަ ގޮތުގައި އަހަރަކު މެސީ އަށް ބާސެލޯނާ އިން ދޭ މުސާރަ އުޅެނީ 30-35 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެ ވަރުގެ މުސާރައެއް ދީފައި މެސީ ގެންނަނަމަ ސިޓީގެ ބޮޑު މުސާރައިގައި ތިބި ކުޅުންތެރިންގެ އަދަދު މަދުކުރަން ޖެހޭތީ ސިޓީން މި ވަގުތު ވަނީ މެސީގެ ޑީލްގައި އެ ޓީމުން ކުރިއަށް ދިއުމާ މެދު އިތުރު ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށް ނިންމައިފަ އެވެ.
މެސީ ހޯދުމުގެ ރޭހުގައި މީގެ ކުރިން އިންޓަ މިލާނުން ވެސް ވާދަކުރި އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ބާސެލޯނާއާ މެދު ހިތްހަމަނުޖެހިގެން ކްލަބް ދޫކޮށްލަން މެސީ މަސައްކަތްކުރި އެވެ. އެކަމަކު ގާނޫނީ މައްސަލަތަކެއް ނުކުތުމުން، ކޯޓަށް ދާން ބޭނުންނުވާތީ އޭނާ އެ ކްލަބުގައި މަޑުކުރީ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެސީ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
އިންޓަ ފަހަތަށް ޖެހިއްޖެ، މެސީ ސިޓީ އަށް؟
ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރަން
މެސީ އަށް ބިޑެއް ނުކުރަން: މެންޗެސްޓާ ސިޓީ
"ސިޓީ-ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން"
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
އާޖެންޓީނާގެ ޒުވާން ތަރި ހޯދުމުގައި ސިޓީ އަށް ކާމިޔާބު
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ