Roadha Mihaaru

ލަތީފާ ހުންނެވީ އާއިލާގެ ބެލުމުގެ ދަށުގައި: ޝާހީ އާއިލާ

ދުބާއީ (ފެބްރުއަރީ 20) - ޕްރިންސަސް ލަތީފާ ހުންނެވީ އާއިލާގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ އަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެމުންދާ ކަމަށް ދުބާއީގެ ޝާހީ އާއިލާ އިން ބުނެފި އެވެ.

ލަތީފާ ހުންނެވީ އާއިލާގެ ބެލުމުގެ ދަށުގައި:ޝާހީ އާއިލާ
ހަސަން އާމިރު
ހަސަން އާމިރު

20 ފެބުރުއަރީ 2021

ދުބާއީ (ފެބްރުއަރީ 20) - ޕްރިންސަސް ލަތީފާ ހުންނެވީ އާއިލާގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ އަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެމުންދާ ކަމަށް ދުބާއީގެ ޝާހީ އާއިލާ އިން ބުނެފި އެވެ.

ދެހާސް އަށް ވަނަ އަހަރު ލަތީފާ ދުބާއީން ވަޑައިގެން ފިއްލަވައިގެން ޔޮޓެއްގައި އުޅުއްވަނިކޮށް، ޔޫއޭއީގެ ކޮމާންޑޯ އިން ގޮސް ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އެކަމަނާ ހުންނަވަނީ ރަހީނެއްގެ ގޮތުގައި ބަންދުގައި ކަމަށް ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ. ބީބީސީ އަށް އެ ރިޕޯޓް ފޮނުވާފައި ވަނީ ލަތީފާ ހުންނެވި ވިލާގެ ފާހާނާގައި ހުންނަވައިގެން މޯބައިލް ފޯނަކުން ރިކޯޑް ކުރުމަށް ފަހު އެވެ.

"ޝެއިޚާ ލަތީފާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުން. ރަނގަޅު ވަގުތުގައި އެކަމަނާ އަލުން މުޖްތަމައަށް އާދެވޭނެ ކަމަށް އުއްމީދު ކުރަން،" ޝާލީ އާއިލާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ. "ލަތީފާގެ ހާލަތާ މެދު ކަންބޮޑުވި އެންމެންނަށް ޝުކުރު އަދާކުރަން. އެކަމަކު ލަތީފާއާ ބެހޭ ގޮތުން ނޫސްތަކުން ކަވަރޭޖް ގެނެސްފައި ވަނީ ހަގީގީ ހާލަތާ އެއްގޮތަކަށް ނޫން.

އެ ބަޔާން ނެރެފައި ވަނީ ލަންޑަނުގައި ހުންނަ ޔޫއޭއީ އެމްބަސީންނެވެ.

ބީބީސީގެ ރިޕޯޓާ ގުޅިގެން ބައިނަލްއަގުވާމީ އެޖެންސީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ލަތީފާގެ ހާލަތާ ގުޅޭ ގޮތުން ޔޫއޭއީ ސަރުކާރާ ސުވާލު ކުރަން ފަށައިފަ އެވެ. އދ.ގެ ހިއުމަން ރައިޓްސް އެޖެންސީން ވަނީ ލަތީފާ ދުނިޔޭގައި ހުންނެވިކަން ޔަގީންކޮށްދިނުމަށް ޔުއޭއީގައި އެދިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ލަތީފާގެ މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ވެރިޔާ ކެނެތު ރޮތު ވިދާޅުވީ ދުބާއީގެ ޝާހީ އާއިލާ އިން ނެރުނު ބަޔާން ގަބޫލް ކުރާނީ ލަތީފާ އަމިއްލަ އަށް މިނިވަންކަމާ އެކު ބަސް ވިދާޅުވާނެ ފުރުސަތު ލިބުމުން ކަމަށެވެ.