ދުބާއީ (ފެބްރުއަރީ 17) - ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ ބަންދުގައި ބަހައްޓާ މައްސަލައިގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ މަޝްވަރާ ކުރާނެ ކަމަށް އދ. އިން ބުނެފި އެވެ.
17 ފެބުރުއަރީ 2021
ދުބާއީ (ފެބްރުއަރީ 17) - ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ ބަންދުގައި ބަހައްޓާ މައްސަލައިގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ މަޝްވަރާ ކުރާނެ ކަމަށް އދ. އިން ބުނެފި އެވެ.
ޕްރިންސަސް ލަތީފާ ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ ބައްޕަ ވަނީ ދުބާއީގައި އޭނާ ރަހީނުކޮށްފަ އެވެ. އެ ގޮތަށް ރަހީނުކޮށްފައި ބަހައްޓާފައި ވަނީ ދުބާއީން 2018 ވަނަ އަހަރު ފިލަން އުޅުނު ފަހުން ކަމަށް ވެސް ލަތީފާ ވިދާޅުވެފައިވެ އެވެ.
ވަރަށް ސިއްރުން ފޯނުން ވީޑިއޯއެއް ނެގުމަށް ފަހު ބީބީސީއާ އޭނާ ވަނީ އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ޕްރިންސަސް ލަތީފާ އެ ވީޑިއޯގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ފުރާނައާ މެދު މިހާރު ވަނީ ބިރުހީވެފަ އެވެ. އަދި އޭނާގެ ބަހައްޓާފައިވާ ވިލާ ވަނީ ޖަލަކަށް ބަދަލުވެފައި ކަމަށް ވިދާޅުވެ އެވެ.
ޕްރިންސަސް ލަތީފާގެ ވީޑިއޯއާ އެކު އެ މައްސަލަ ބަލަން އދ. އަށް ވެސް ވަނީ ފިއްތުންތައް ކުރިމަތިކުރަން ފަށައިފަ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާގެ އޮފީހުން ބުނެފައި ވަނީ ލަތީފާ ބަންދުގައި ބައްޓާ މައްސައިގައި ޔޫއޭއީއާ ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށެވެ. އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ތަރުޖަމާނަކު ވިދާޅުވީ ލަތީފާގެ ވީޑިއޯ އެލަނައިޒް ކުރުމަށް ފަހު، އެކަމަނާ ބަންދުގައި ބަހައްޓާ މައްސަލައިގެ ތަހުގީގު ފަށާނެ ކަމަށެވެ.
ރަހުމަތްތެރިންތަކެއްގެ އެހީއާ އެކު ޕްރިންސަސް ލަތީފާ ވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިލަން މަސައްކަތް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ދަތުރު ކުރުމުގެ ހުއްދައެއް، ދުބާއީން ބޭރަށް ދިއުމުގެ ހުއްދައެއް ނޯވޭ،" އެފަހަރު ފިއްލެވުމުގެ ކުރިން ޕްރިންސަސް ލަތީފާ އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވެ އެވެ.
ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯ އިން ގޮސް ޕްރިންސަސް ލަތީފާ ވަނީ ހައްޔަރުކޮށްގެން ދުބާއީ އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އެކަމަނާ ހުންނަވަނީ ދުބާއީގަ އެވެ.
ޔުއޭއީން ބުނެފައި ވަނީ ޕްރިންސަސް ލަތީފާ ހުންނެވީ އާއިލާގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށެވެ.
ޕްރިންސަސް ލަތީފާގެ ބައްޕާފުޅު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަކީ ދުނިޔޭގައި އެންމެ މުއްސަނދި އެއް ލީޑަރެވެ. ދުބާއީގެ ވެރިޔާގެ އިތުރުން ޝެއިޚް ރާޝިދަކީ ޔޫއޭއީގެ ނައިބް ރައީސް ވެސް މެ އެވެ.
ސިންގަޕޫރު، ދުބާއީހެން އިގުތިސާދު ޑައިވާސިފައިކުރެވޭނެ؟
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ދުބާއީގައި އަޅަނީ
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް
ތަރައްގީ ހޯދަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނެ: ރައީސް
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
ތައިލެންޑާ ހަމައަށް ވިޔަސް ޑޭޝް8 ގައި ގެންދާނެ:ރައީސް
ހަމަޖައްސާނީ ރަނގަޅަށް ކަންކަން ކޮށްދޭ ސަފީރުން
ލަތީފާގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ