ކުރިއަށް އޮތް ދުވަސްތަކުގައި އެކްޓަރު ޝާހިދު ކަޕޫރަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭނެކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ޝާހިދު ބުނަނީ އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އޭނާ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
03 ޖޫން 2016
ކުރިއަށް އޮތް ދުވަސްތަކުގައި އެކްޓަރު ޝާހިދު ކަޕޫރަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭނެކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ޝާހިދު ބުނަނީ އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އޭނާ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ވަރަށް އަވަހަށް ރިލީޒްކުރަން ތައްޔާރުވާ "އުޅްތާ ޕަންޖާބު" ގައި ޝާހިދު އާއި ކަރީނާ ބައިވެރިވެ އެވެ. ނަމަވެސް މި ފިލްމުގައި ޝާހިދާ އެކި ބަތަލާގެ ބައި ކުޅެނީ އާލިއާ ބަޓް އެވެ. ކަރީނާ ކުޅެނީ ޑޮކްޓަރެއްގެ ބައެވެ.
ފާއިތުވީ ތަނުގައި ޝާހިދު އާއި ކަރީނާ އެކުގައި ކުޅެފައިވާ "ޖަބް ވީ މެޓް" އާއި "ޗުޕްކޭ ޗުޕްކޭ"ފަދަ ފިލްމުތަކުން ބެލުންތެރިންނަށް މި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ކަމުގޮސްފައި ވެ އެވެ.
ކަރީނާއާ އެކު ފިލްމު ކުޅެން ތައްޔާޜުތޯ ނޫސްވެރިއަކު ޝާހިދު އާ ތަކުރާރުކޮށް ސުވާލުކުރުމުން ޝާހިދު ބުނީ އޭނާ އަބަދުވެސް ހުންނަނީ ތައްޔާރަށް ކަމަށެވެ. އަދި އޭނާއާ މިހާރު 30 ވަރަކަށް ފަހަރު އެކި މީހުން މި ސުވާލު ކޮށްފި ކަމަށާއި ކޮންމެ ފަހަރަކުވެސް އޭނާ ބުނަނީ އާނއެކޭ ކަމަށް ޝާހިދު ބުންޏެވެ.
"އެކަން ވެއްޖެނަމަ ވަރަށް ރަނގަޅު. ނުވިޔަސް މައްސަލައެއް ނެތް. އަހަރެން އަބަދުވެސް އެ އިރެއްގެ ހާލަތަކަށް ވިސްނަނީ. މާދުރަކަށް ނުވިސްނަން،" ޝާހިދު ބުންޏެވެ.
މިވަގުތު ޝާހިދުގެ ސިކުނޑީގައި ހުރީ "އުޅްތާ ޕަންޖާބް" އާއި ބައްޕައަކަށް ވާން އުޅޭ ކަމުގެ އުފާވެރިކަމެވެ.
ޝާހިދު ބުނި ގޮތުގައި ބައްޕައަކަށް ވާން އުޅޭ ކަމުގެ އިހްސާސަކީ ވަރަށް އުފާވެރި އިހްސާސެކެވެ. އަދި މުޅިން އާ ޒިންމާއެއް ބޮލުގައި އަޅަން ތައްޔާރު ކަމަށް ވެސް އޭނާ ބުންޏެވެ. މިހަރު ހަމައެކަނި އަމިއްލަ ނަފްސަށް ބެލުމުގެ ބަދަލުގައި އެހެން ބަޔަކު ބެލުމުގެ ޒިންމާ ވެސް ބޮލުގައި އެޅިފައިވާ ކަމަށް ޝާހިދު ބުންޏެވެ.
ކަރީނާ އާއި ޝާހިދު އެކުގައި ފެނުމުން އުފާވެއްޖެ
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
"އުޅުތާ ޕަންޖާބް" ފުރަތަމަ ޝާހިދަކަށް ނޫން، ރިޒް އަށް
ޑައިރެކްޓަރު އިމްތިއާޒް އަލީގެ އޮފު ކެނޑުނީ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އުޅްތާ ޕަންޖާބު" މަނަލެއް ނުކުރޭ: ޕްރޮޑިއުސަރު
ޝާހިދާއި މީރާ އާ އަހަރު ފާހަގަކުރީ ރާއްޖޭގައި
ރާޖް ކަޕޫރަށް 100؛ ކަޕޫރް އާއިލާ އެއްތަނަކަށް!