Roadha Mihaaru
"ބިން ހިއްކުމަށް ވުރެ ރަނގަޅީ ރަށްތައް ގުޅުވާލުން"

ބިން ހިއްކުމަށް ވުރެ ރަނގަޅީ ރަށްތައް ގުޅުވާލުން: ރައީސް

20 ފެބުރުއަރީ 2021

ބިން ހިއްކުމަށް ވުރެ ބޮޑަށް އެއް ރަށާއި އަނެއް ރަށް ގުޅުވާލައިގެން ބިމުގެ ދަތިކަން ހައްލު ކުރަން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިން ހިއްކުމަށް ވުރެ ބޮޑަށް އެއް ރަށާއި އަނެއް ރަށް ގުޅުވާލައިގެން ބިމުގެ ދަތިކަން ހައްލު ކުރަން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އޮންލައިންކޮށް ބޭއްވި ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބިމުގެ ދަތިކަން ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ކަން ގަބޫލު ކުރައްވާ ކަމަށާއި އަދި އެއް ރަށާއި އަނެއް ރަށް ގުޅުވާލައިގެން އެކަން ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭގެ ސަބަބުން ދުރު މުސްތަގްބަލްގައި ލިބޭނެ ފައިދާ މާ ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބިން ހިިއްކުމަށް ވުރެ ބޮޑަށް ކައިރީގައި ހުރި ރަށްރަށް އެހެން ގޮތްގޮތުން ގުޅާލައިގެން އެ ރަށްރަށުގައި އިގްތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހިކަން ކުރިއަށް ގެންދެވިއްޖެއްޔާ ދުރު މުސްތަގްބަލްގައި ރާއްޖެ ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ކާމިޔާބެއް އެއީ. ވަރަށް ރަނގަޅު ދިމާލަކަށް އެދެވެނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި މިހާރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައިރީގައި ހުރި ފަޅު ރަށްތައް އެ ރަށެއްގެ އިހްތިސާސްގެ ތެރެއަށް ވަންނާނެ ކަމަށާއި އަދި އިހްތިސާސުން ބޭރުގައި ހުރި ރަށްރަށާ މެދު ގޮތްތަކެއް ނިންމަވައި، ހައްލުތަކެއް ހޯދައި ދެއްވާނެ ކަމަށެވެ.

"އޭގެއިން ބޭރުގައި އޮތް ރަށެއް ކަމަށްވާ ނަމަ އެއަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދައިދޭން މަސައްކަތް ކުރާނަން. ތިއީ ވަރަށް ރަނގަޅު ވިސްނުމެއް." ކެންޑިޑޭޓަކު ފާޅުކުރި ޚިޔާލަކާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ކައިރީގައި ހުރި ރަށްރަށް ގުޅާލުމަކީ އެމްޑީޕީން އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން 500 މިލިއަން ރުފިޔާގެ ލުއި ލޯނުގެ ގޮތުގައި ރަށްރަށަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ހުރި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުން ކޮވިޑް-19 އާ ގުޅިގެން ފަސްކުރަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.