Roadha Mihaaru
ޓްރަމްޕަށް ފާޑުވިދާޅުވި ސައުދީ ބިލިއަނަރު އެންމެ ފަހުން ތަހުނިޔާ ފޮނުވައިފި

ޓްރަމްޕަށް ފާޑުވިދާޅުވި ސައުދީ ބިލިއަނަރު އެންމެ ފަހުން ތަހުނިޔާ ފޮނުއްވައިފި

10 ނޮވެމްބަރ 2016

ރިޔާޒް (ނޮވެމްބަރު 10) - އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވެ އޭނާގެ ނަން ރިޔާސީ ރޭހުން ނެގުމަށް ގޮވާލި ސައުދީ ޕްރިންސް، ބިލިއަނަރު އަލް ވަލީދު ބިން ތަލާލް އެންމެ ފަހުން ޓްރަމްޕަށް ހެޔޮ އެދުމުގެ މެސެޖެއް ފޮނުއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 10) - އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވެ އޭނާގެ ނަން ރިޔާސީ ރޭހުން ނެގުމަށް ގޮވާލި ސައުދީ ޕްރިންސް، ބިލިއަނަރު އަލް ވަލީދު ބިން ތަލާލް އެންމެ ފަހުން ޓްރަމްޕަށް ހެޔޮ އެދުމުގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަލީދު ކުރެއްވި ޓްވީޓުގައި ވަނީ މާޒީގައި ކިތަންމެ ބޮޑު ފަރަގުތަކެއް ހުރި ނަމަވެސް އެމެރިކާގެ ރައްޔިތުން އެ ވަނީ ގޮތެއް ނިންމާފައި ކަމަށް ވިދާޅުވި އެވެ. އަދި އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރެއްވީތީ ޓްރަމްޕަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށް ވަލީދުގެ ޓްވީޓުގައިވެ އެވެ.

ވަލީދުގެ ފާޑު ވިދާޅުވުން ޓްރަމްޕަށް އަމާޒު ކުރެއްވީ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. އޭރު ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީ އަށް އެކަނި ހުރި ބޮޑު ލަދެއް ނޫން ކަމަށާއި އެއީ މުޅި އެމެރިކާ އަށް ވެސް ހުރި ގެއްލުމެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ވަލީދު ވަނީ އެމެރިކާގެ އިންތިޚާބު ޓްރަމްޕަށް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ރައްދުގައި ޓްރަމްޕް ވަނީ ޕްރިންސް ވަލީދު ބޭނުން ވަނީ ބައްޕަގެ މުއްސަނދިކަމުގައި އެމެރިކާގެ ސިޔާސީ މީހުން ކޮންޓްރޯލް ކުރަން ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އަދި އޭނާ ވެރިކަމަށް ހޮވިއްޖެ ނަމަ، ހަމަ ހިލާ އެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ސައުދީ ޝާހީ އާއިލާގެ މެންބަރުންގެ ތެރޭން، ކިންގްޑަމް ހޯލްޑިންގެ ޗެއާމަންކަން ވެސް ކުރައްވާ ޕްރިންސް ވަލީދަކީ ފާޅުގައި ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާގެ އަތުގައި 17 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.