މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބިދޭސީން 92.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
27 ފެބުރުއަރީ 2021
މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބިދޭސީން 92.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ނެރުނު ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ހިމެނޭ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ 2019އާ އަޅާބަލާއިރު 24 ޕަސެންޓުގެ އިތުރުވުކެވެ. އެ އަހަރު ރާއްޖެއިން ބޭރުކުރީ 1.2 ބިލިއަން ރުފިޔާ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭރަށް ފައިސާ ފޮނުވައިދޭ ތަންތަނުގެ ވިޔަފާރިއަށް މިދިއަ އަހަރު ކޮވިޑްގެ ސަބަބުން މަޑުޖެހުން އަ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅުވާން ފެށުމާ އެކު އެ ކުއާޓާގައި ބޭރަށް ފައިސާ ފޮނުވި އަދަދު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 15.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ) އެވެ. އެކަމަކު މިއީ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 43 ޕަސެންޓުގެ ދަށްވުމެކެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ބޮޑު ބައެއް ދަނީ، ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބިދޭސީން ނިސްބަތްވާ ބަންގްލަދޭޝްއަށެވެ. އެގޮތުން ރާއްޖެއިން ރެމިޓެންސްގެ ގޮތުގައި ބޭރުކުރާ ފައިސާގެ 44 ޕަސެންޓް ދަނީ ބަންގްލަދޭޝް އަށެވެ. މިދިއަ އަހަރުގެ ނިސްބަތުން ބަލާ ނަމަ އެއީ 40 މިލިއަން ޑޮލަރު (624 މިލިއަން ރުފިޔާ) އެވެ.
ދެ ވަނައަށް އެންމެ ގިނައިން ރެމިޓެންސް ފޮނުވަނީ 19 ޕަސެންޓް ހިއްސާކުރާ އިންޑިއާއަށެވެ. މިދިއަ އަހަރުގެ ނިސްބަތުން ނަމަ އެއީ 17 މިލިއަން ޑޮލަރު (270 މިލިއަން ރުފިޔާ) އެވެ.
އިންވާޑް ރެމިޓެންސް (ރާއްޖެއަށް ވަންނަ ފައިސާ)ގެ ގޮތުގައި މިދިއަ އަހަރުގެ ފަހު ކުއާޓަރުގައި 12.8 މިލިއަން ރުފިޔާ ލިބުނެވެ. ރާއްޖެއަށް ރެމިޓެންސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ވަންނަނީ ޔޫއޭއީންނެވެ.
ރެމިޓެންސް ޓެކްސްއާ އެކު ބޭރަށް ފައިސާ ފޮނުވުން ދަށަށް
ބިދޭސީން 363 މިލިއަން ޑޮލަރު ބޭރުކޮށްފި
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި