Roadha Mihaaru
ގައުމީ އިނާމާއި ޝަރަފްވެރިކަމުގެ އިނާމު 26 ބޭފުޅަކަށް

ގައުމީ އިނާމު 22 ބޭފުޅަކަށް، ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް

10 ނޮވެމްބަރ 2016

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 ބޭފުޅަކަށް މިރޭ ސަރުކާރުން ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 ބޭފުޅަކަށް މިރޭ ސަރުކާރުން ދީފި އެވެ.

ދަރުބާރުގޭގައި ބޭއްވި، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިން ފުލޫ އަހުމަދު ނާޝިދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމާ، އޭނާގެ ދަރިކަނބަލުން މިރޭ ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕާފޯމިން އާޓްސްގެ ދާއިރާއިން ފުލޫ އަހުމަދު ނާޝިދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމާ، އޭނާގެ ދަރިކަނބަލުން މިރޭ ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ލިބިވަޑައިގަތްއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ބޭފުޅަކަށް ލިބިވަޑައިގަތެވެ. ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ހަތަރު ބޭފުޅުންނަކީ މީގެ ކުރިން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އާދަމް އަބްދުއްރަހުމާނަށް، ރައީސް ޔާމީން މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އާދަމް އަބްދުއްރަހުމާނަށް، ރައީސް ޔާމީން މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝަރަފްވެރި ކަމުގެ އިނާމް:

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ: ހއ. އުތީމު، އަލިމަސްގެ، އާދަމް އަބްދުއްރަހުމާން

ދިވެހި ތާރީހްގެ ދާއިރާ: ކަށިމާ އަހްމަދު ޝާކިރު

އިޖުތިމާއީ ހިދުމަތުގެ ދާއިރާ: ޅ. ނައިފަރު މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު

ޕާފޯމިން އާޓްސްގެ ދާއިރާ: ފްލޫ އަހްމަދު ނާޝިދުގެ ހަނދާނަށް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގަތުމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގަތުމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހިތްވަރުދިނުމުގެ އިނާމް

ގުރުއާން ކިޔެވުމާ އުގަންނައިދިނުމުގެ ދައިރާ: ފ. ނިލަންދޫ، އަމާޒު، ސަފިއްޔާ އަހްމަދު

އިސްލާމް ދީނަށް ހޭލުންތެރި ކުރުމުގެ ދާއިރާ: ފ. ނިލަންދޫ، ބިތްދޮށުގެ، އިބްރާހިމް އަހްމަދު

ތައުލީމީ ދާއިރާ: އަހްމަދު އާތިފް

އާއްމު ސިއްހަތު ކުރިއެރުވުމުގެ ދާއިރާ: ލެފްޓިނެންޓްކާނަލް ޑރ. އަލީ ޝާހިދު

އިޖުތިމާއީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާ: ފައުޒިއްޔާ އިބްރާހިމް

ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ: މުހައްމަދު އަދީލް

މުޖުތަމައުގައި އަށަގަންނަ ނުރަނގަޅު އާދަތައް ނައްތާލުމުގެ ދާއިރާ: ޖާނީ

އިޖުތިމާއީ ހިދުމަތުގެ ދާއިރާ: ހދ. ހަނިމާދޫ ޖަމިއްޔާ

އަތްތެރި މަސައްކަތުގެ ދާއިރާ: ގދ. ގައްދޫ، ފާއިޒާ

ހަބަރާއި މައުލޫމާތު ފެތުރުން/ ނޫސްވެރިކަމުގެ ދާއިރާ: އަހްމަދު ޒާހިރު (ހިރިގާ)

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ/ ޕްރޮގްރާމް އުފެއްދުމުން: ހަފްސީ އަބްދުﷲ

ކުޅިވަރުގެ ދާއިރާ: އަހްމަދު އަބީރު އިސްމާއިލް

ކުޅިވަރުގެ ދާއިރާ: މ. ނީލޯފަރުމާގެ، ޑރ. ހުސެއިން ހަލީމް

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީން ކުރުން: މުއީނާ މުހައްމަދު

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީންކުރުން: މުހައްމަދު ޒިލާލް

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީންކުރުން: މއ. މާންދޫގެދެކުނު، އަހްމަދު އަކްރަމް

ކުޅިވަރުގެ ދާއިރާ: ސާޖަންޓު ހދ. ނޭކުރެންދޫ ރޯޒީ، އަހްމަދު ޒުނެއިޖު

ވިޝުއަލް އާޓްސްގެ ދާއިރާ: މ. ލޮނުވެލި، ކާނަލް އަބްދުލް މަތީން އަހްމަދު

ވިޒުއަލް އާޓްސްގެ ދާއިރާ/ ލިއުމާއި ކުރެހުމާއި ފަރުމާކުރުން: ފަރުހާދު އިބްރާހިމް

ޕާފޯމިން އާޓްސްގެ ދާއިރާ/ ލަވަ ކިޔުމާއި މީހުން ތަމްރީންކުރުން: މަރިޔަމް އުނޫޝާ

އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ: މ. މާހިޔާ، ރަހީމާ އާދަމް