Roadha Mihaaru
އެސްޓީއޯއިން ހިޓާޗީ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ އިން ހިޓާޗީ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް

01 މާޗް 2021

އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"ފިނި ފިނި ހިޓާޗީ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް އޭސީ ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އޭސީ ގަންނަ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ފަސް އޭސީއާ އެކު 12،000 ބީޓީޔޫގެ އޭސިއެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި ކޮންމެ 18،000 ބީޓީޔޫގެ ފަސް އޭސީއާ އެކު 9،000 ބީޓީޔޫގެ އޭސީއެއް ހިލޭ ލިބޭނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ވިލިމާލެ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި މުއްދަތުގައި އޭސީ ގަންނަ މީހުންގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. މި ލަކީޑްރޯއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ޓީވީއަކާއި ދޮންނަ މެޝިނެއް ލިބޭނެ އެވެ.

މީގެ އިތުރުން ގަންނަ ކޮންމެ އޭސީއަކާ އެކު ވަގުތުން ހަދިޔާއެއް ވެސް ލިބޭނެ އެވެ. މިގޮތަށް ލިބޭ ހަދިޔާތަކުގެ ތެރޭގައި ރައިސް ކުކަރާއި އަވަނާއި އިސްތިރީގެ އިތުރުން 1،500ރ. ގެ ގިފްޓް ވައުޗާ ހިމެނެ އެވެ.