އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ "ހަމަ ހިޓާޗީ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
20 ޖޫން 2022
އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ "ހަމަ ހިޓާޗީ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފްލާގައި މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
މި ޕްރޮމޯޝަން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި ވެސް މިއަދު ފެށި އެވެ.
ޕްރޮމޯޝަން ފެށި ހަފްލާގައި އެސްޓީއޯގެ ސްޓާފުން ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ދިވެހިންގެ މެދުގައި މަގްބޫލް ހިޓާޗީ ބްރޭންޑްގެ ފްރިޖް، ދޮންނަ މެޝިން، ޓީވީ، ވެކިޔުމްކްލީނާ، ކުކަރު، އަވަން އަދި އޭސީ ފަދަ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބޭނެ އެވެ.
އުފުލަން އުނދަގޫ ބައެއް ތަކެތި ގެތަކާ ހަމައަށް ގެންގޮސްދީ އަދި އޭސީ ހިލޭ ހަރުކޮށްދޭ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮގަސްޓް މަހުގެ 30 ގެ ނިޔަލަށެވެ.
ޕްރޮމޯޝަންގެ ދަށުން ކުރާ 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އެ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު އިނާމެއް ދޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން، ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ ތެރެއިން، ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 50،000ރ. ގެ ގިފްޓް ވައުޗާ އެއް ދޭނެ އެވެ.
އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު ޕްރޮމޯޝަނާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ސޯޝަލް މީޑިއާގައި ހިޓާޗީގެ ޕްރޮޑަކްޓްތަކުގެ ފޮޓޯ ހިއްސާ ކޮށްގެން ވެސް ކޮންމެ ހަފްތާއެކު ނަސީބުވެރިއަކަށް އަގުހުރި އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އެއްވަނަ ބްރޭންޑް، ހިޓާޗީގެ ޕްރޮޑަކްޓްތައް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓުކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އަދި ދާދި ފަހުން އެންވަޔަރަމެންޓް މިނިސްޓްރީއާ އެކު ހަކަތަ ސަމަކާރަ ލޭބަލް ހިޓާޗީ އޭސީގެ ހަ މޮޑެލްއެއްގައި ވަނީ ޖަހާފަ އެވެ. އެ ލޭބަލުން އެއައަށް ބޭނުންވާ ކަރަންޓުގެ މިންވަރު ފެންނާނެ އެވެ.
އެސްޓީއޯއިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް ފަށައިފި
އެސްޓީއޯ "ހިޓާޗީ ދޮވެހިއްކާ" ޕްރޮމޯޝަން ފަށައިފި
އެސްޓީއޯއިން ހިޓާޗީ އޭސީގެ ހާއްސަ ޕްރޮމޯޝަނެއް
"އެސްޓީއޯ ރަމަޟާން ބާޒާރު" އިން އެއް ލައްކަ ރުފިޔާ!
"ހަކަތަރި" ލޭބަލާ އެކު ހިޓާޗީގެ އާ އުފެއްދުންތަކެއް
އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ
ދޮވުނީ، ހިކުނީ: ހިޓާޗީ ދޮންނަ މެޝިންގެ ޕްރޮމޯޝަނެއް
އެސްޓީއޯ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު
ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފަހުގެ މޮޑެލްތައް އެސްޓީއޯއަށް
އެސްޓީއޯ ރަމަޒާން ބާޒާރުން އިނާމަކަށް އުމްރާ ދަތުރެއް