Roadha Mihaaru
"ސްމާޓް ޓެޓޫ" އުފައްދައިފި

"ސްމާޓް ޓެޓޫ" އުފައްދައިފި

03 މާޗް 2021

ފޭކް ޓެޓޫތައް ގައިގައި ތަތްކޮށްލެވޭ ގޮތަށް ސައިންސްވެރިން "ސްމާޓް ޓެޓޫ" އުފައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭކް ޓެޓޫތައް ގައިގައި ތަތްކޮށްލެވޭ ގޮތަށް ސައިންސްވެރިން "ސްމާޓް ޓެޓޫ" އުފައްދައިފި އެވެ.

މި ޓެޓޫ ފަރުމާކޮށްފައިވާ ހަށިގަނޑުން މުހިއްމު މެސެޖެއް ދޭން އުޅޭ ނަމަ ދިއްލޭ ގޮތަށެވެ. "ސްމާޓް ޓެޓޫ" އުފެއްދީ ފޯނާއި ޓީވީ ފަދަ އެއްޗެހީގައި ބޭނުންކޮށްފައި ހުންނަ ކަހަލަ ލައިޓް-އެމިޓިން ޓެކްލޮނޮޖީ ބޭނުންކޮށްގެންނެވެ.

ޓެޓޫ އުފެއްދި ޓީމުން ބުނެފައިވާ މިއީ އެތުލީޓުން ފަދަ މީސްމީހުންނަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ. އެތުލީޓަކު ދުވަން ޓްރެކް މަތީގައި ހުއްޓައި ކަރުހިއްކައިގަނެ، ފެން ބޯން ބޭނުން ނަމަ "ސްމާޓް ޓެޓޫ" ގެ ދިއްލުމުން އެކަން އަންގައި ދޭނެ އެވެ. ނުވަތަ އަވީގެ ތެރޭގައި އުޅެނިކޮށް ހަންގަނޑު އަނދާ ނަމަ އެކަމުގެ "އެލާޓް" ވެސް މި "ސްމާޓް ޓެޓޫ" އިން ދޭނެ އެވެ.

މީގެ އެންމެ ތަފާތު އެއް ކަމަކީ ހަށިގަނޑުގައި ނޫނަސް އެހެން އެއްޗެހީފައި ވެސް ތަތްކޮށްލެވުމެވެ. މިސާލަކަށް، ކާ އެއްޗެއްގައި ޓެޓޫ ޖަހައިފި ނަމަ އެ އެއްޗެއް ހަލާކުވާން ނުވަތަ ކުނިވާން ކައިރިވާ ނަމަ އެކަން ވެސް އަންގައިދޭނެ އެވެ.

މިއީ ސްޓިކާ ގޮތަށް ހަމުގައި ޖަހާލެވޭނެ ވަގުތީ ޓެޓޫއަކަށްވާތީ އެ ވެސް "ސްމާޓް ޓެޓޫ" ގެ ހާއްސަ ސިފައެކެވެ. ހަންގަނޑުގެ ތެރެއަށް ކުލަ ފާއްދައިގެން ތަދުވާ ގޮތަށް ޖަހާ ޓެޓޫތަކާ ހިލާފަށް ސައިންސްވެރިން ބުނާގޮތުން "ސްމާޓް ޓެޓޫ" ގެ ބޭނުންތެރިކަން މާ ރަނގަޅެވެ.

"އެކަމަކު މިއީ ހަމަ ފެޝަނަކަށް ވެސް ބޭނުންކޮށްލެވިދާނެ އެއްޗެއް،" ޓެޓޫ އުފެއްދި އިނގިރޭސިވިލާތުގެ ކޮލެޖް ލަންޑަން ޔުނިވަސިޓީ ސައިންސްވެރިންހެ ޓީމްގައި ހިމެނޭ ފްރާންކޯ ޝެޝިލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ "ޓެޓޫއަބަލް އޯލެޑް" ޓެސްޓްކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވިޔަސް ވަރަށް އުންްމީދީ އެއްޗެކެވެ. އަދި މިއީ އުފައްދަން ހަރަދު ވެސް ކުޑަ އެއްޗަކަށް ކަމަށް ވިދާޅުވި އެވެ.

"އަހަރެމެންނަށް މި މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އަނެއް ކަމަކީ އެހެން ބާވަތްތަކުގެ ޓެޓޫ އިލެކްޓޯނިކް ބޭނުންކޮށްގެން ވެސް ވަރަށް ގިނަ ކަންކަމަށް ބޭނުންކުރެވިދާނެ ގޮތަށް ސްމާޓް ޓެޓޫ އުފެއްދިދާނެކަން،" ފްރާންކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބާވަތުގެ ޓެޓޫ ފެޝަނަކަށް ބޭނުންކުރާ ނަމަ އަތުގެ ނިޔަފަތި ވިދުވައިލަން ވެސް ބޭނުން ކުރެވުދާނެ އެއްޗެކެވެ.

"ސްމާޓް ޓެޓޫ" އަކީ ގިނަ ކަންކަމަށް ބޭނުންކޮށްލެވޭނެ އެއްޗެއް.

"ސްމާޓް ޓެޓޫ" އަކީ ގިނަ ކަންކަމަށް ބޭނުންކޮށްލެވޭނެ އެއްޗެއް.

"ކުޅިވަރުގައި ސްވެޓް ސެންސަރާ އެކު ޑިހައިޑްރޭޝަން ސިގްނަލް ކޮމްބައިންކޮށްގެން ވެސް މި ޓެޓޫގެ ބޭނުން ހިފޭނެ،" ފްރާންކޯ ވިދާޅުވި އެވެ. "ސިއްހީ ދާއިރާގައި ވެސް މިއީ ބަލި މީހުންގެ ހާލަތު ވަޒަންކޮށްލަން ބޭނުންކުރެވިދާނެ އެއްޗެއް. އެގޮތުން ކެންސަރުގެ ސެލްތައް ދެނެގަންނަން މި ޓެޓޫ އަށް ލައިޓް-ސެންސިޓިވް ތެރަޕީޒް ވެސް ކޮމްބައިންކޮށްލެވިދާނެ."

ސައިންސްވެރިންގެ ޓީމުން ބުނި ގޮތުގައި "ސްމާޓް ޓެޓޫ" އަކީ އަދި މި މަސައްކަތުގެ ފެށުމެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ކިތަންމެ ކަމަކަށް ބޭނުންކުރެވިދާނެ ގޮތަށް ޓެޓޫ އުފެއްދިދާނެ ކަމަށް ބުންޏެވެ.

"އެކަމަކު ޗެލެންޖްތަކެއް ވެސް ހުންނާނެ. އެއް ކަމަށް އޯލެޑްގެ ކޮލިޓީ ދިގުދެމިގެންދާ މިންވަރަކީ އިޝޫއަކަށް ވެދާނެ." ސްމާޓް ޓެޓޫއާ ބެހޭ ގޮތުން އެޑްވާންސްޑް އިލެކްޓްރިކް މެޓީރިއަލްސް ޖާނަލްގައި ބުންޏެވެ.