Roadha Mihaaru
އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި

އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި

15 މާޗް 2021

އެންގޭޖްވެ، ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ އެމެރިކާގެ ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒާއި ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް ރުޅިވެ، އެންގޭޖްމަންޓް ވެސް ރޫޅާލާފައިވާ ކަމަށް ބުނާ ވާހަކަ އެ މީހުން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންގޭޖްވެ، ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ އެމެރިކާގެ ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒާއި ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް ރުޅިވެ، އެންގޭޖްމަންޓް ވެސް ރޫޅާލާފައިވާ ކަމަށް ބުނާ ވާހަކަ އެ މީހުން ދޮގުކޮށްފި އެވެ.

އެ މީހުންގެ ތަރުޖަމާނު އެކި މީޑިއާތަކަށް ބުނެފައި ވަނީ ޖެނިފާ އާއި އެލެކްސް ވަކިވި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު މި ވަގުތު ދެ މީހުން ތިބީ ގުޅުމުގެ ތެރެއިން "ތަންކޮޅެއް ދުރުގައި" ކަމަށާއި "އެކަމަކު އެންގޭޖްމަންޓް ރޫޅާލަން ޖެހޭ ވަރުގެ ސަބަބެއް ނެތް" ކަމަށެވެ.

"އެހެންވެ މީޑިއާތަކުން ފަތުރާފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެ މީހުން ތިބީ ކުރިއެކޭ އެއްގޮތަށް ހަމަ އެކީގައި،" ތަރުޖަމާނު ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި 2017 ގައި ލޯބީގެ ގޮތުން ގުޅުނު ޖެނިފާ އާއި އެލެކްސްއާ ދެމެދު މައްސަލަ ޖެހުނީ ތިން ވަނަ މީހަކާ ހެދި އެވެ. އަދި އެ މީހަކީ ރިއަލިޓީ ޝޯ "ސަދަން ޗާމްސް" ގެ މެޑިޒަން ލިކްރޯއީ ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެލެކްސް ވަނީ ވަރަށް ސިއްރިޔާތުގައި މެޑިޒަންއާ ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަދި އެކަން ޖެނިފާ އަށް ފަޅާއެރުމުން ދެ މީހުންގެ މެދުގައި ކުނި ޖެހި "ދުރުވާން މަޖުބޫރުވީ" އެވެ.

ޖެނިފާ މި ވަގުތު އަންނަނީ ޑޮމިނިކަން ރިބަޕްލިކްގައި ފިލްމު "ޝޮޓްގަން ވެޑިން" ގެ މަސައްކަތްކުރަމުންނެވެ. އެލެކްސް ހުރީ މަޔާމީގަ އެވެ. އެ ދެ މީހުން ވަކިވި ކަމަށް ބުނާ ވާހަކަ ތިލަވުމާ އެކު ގާތް ބައެއް މީހުން ބުނެފައި ވަނީ ދެ މީހުން ރުޅި ނުވާ ކަމަށާއި ހާލަތު ނިޔާކޮށްފައިވާ ގޮތުން މިހާރު "އެކީގައި ނުފެންނަނީ" ކަމަށެވެ.

ޖެނިފާ އާއި އެލެކްސް އަކީ ވެސް ކުރިން ކައިވެނިކޮށް ދަރިން ލިބިފައިވާ ދެ މީހުންނެވެ. ޖެނިފާ މިހާތަނަށް ތިން ކައިވެނިކޮށްފައިވާ އިރު، ވަރަށް ގިނަ ބަޔަކާ އެކި ފަހަރު މަތިން ލޯބީގެ ގުޅުންތަކެއް ބޭއްވި އެވެ. ދެ ކުދިން ވެސް ތިބި ފަންނާނު ލޯބީގެ ގުޅުން ބޭއްވި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ބެން އެފްލެކް ވެސް ހިމެނެ އެވެ.

އެމެރިކާގެ ކުރީގެ ބޭޒްބޯލް ތަރި އެލެކްސްގެ ކުރީގެ ކައިވެންޏެއްކޮށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

ޖެނިފާ އާއި އެލެކްސް އެންގޭޖްވީ 2019 ގަ އެވެ. އަދި މިދިޔަ ކައިވެނިކުރަން ވެސް އުޅުނެވެ. އެކަމަކު އެކަން ނުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކަމަށް ބުނެފައިވެ އެވެ.