Roadha Mihaaru
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ

ބަތަލާ ލިންޒީ އެންގޭޖްވެއްޖެ

30 ނޮވެމްބަރ 2021

ސައުދި އަރަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން މުހައްމަދާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް މީގެ ދެ އަހަރު ކުރިން އެރި އެމެރިކާގެ ބަތަލާ ލިންޒީ ލޯހަން، ލޯބިވެރިޔާ ބޭޑާ ޝަމަސްއާ އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައުދި އަރަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން މުހައްމަދާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް މީގެ ދެ އަހަރު ކުރިން އެރި އެމެރިކާގެ ބަތަލާ ލިންޒީ ލޯހަން، ލޯބިވެރިޔާ ބޭޑާ ޝަމަސްއާ އެންގޭޖްވެއްޖެ އެވެ.

މިކަން 35 އަހަރުގެ ބަތަލާ އާދީއްތަ ދުވަހު ފޭނުންނާ ހިއްސާކުރީ އިންސްޓަގްރާމް ޕޯސްޓަކުންނެވެ. އޭގައި ޝައްމާސްއާ އެކީ ނަގާފައިވާ ފޮޓޯތަކުގައި ލިންޒީގެ އެންގޭޖްމަންޓް އަނގޮޓި ވެސް ދައްކާލި އިރު، ޕޯސްޓްގައި ޝަމަސް ޓެގްކޮށް ކެޕްޝަނަކަށް ލިޔެފައި އިނީ "މައި ލަވް. މައި ލައިފް. މައި ފެމިލީ. މައި ފިއުޗާ" އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ލިންޒީ އާއި ޝައްމަސް ލޯބީގެ ގޮތުން ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އެ މީހުން ފުރަތަމަ ބައްދަލުވީ ދުވަސްތަކެއް ވަންދެން ލިންޒީ ދިރިއުޅުނު ދުބާއީންނެވެ. ޝައްމަސް އަކީ ސްވިސް އިންވެސްޓްމަންޓް ބޭންކް، ކްރެޑިޓް ސްވީޒްގެ ވައިސް ޕްރެޒިޑެންޓެވެ.

އޭނާ އާއި ލިންޒީ އެންގޭޖްވި އިރު، މީގެ ކުރިން ވެސް "މީން ގާލްސް" ގެ ބަތަލާ އެންގޭޖްވި އެވެ. އެއީ 2016 ގައި ލަންޑަންގައި ދިރިއުޅޭ ރަޝިއާގެ ވިޔަފާވެރިޔާ އިގޯ ޓަރަބަސޯވްއާ އެވެ. އެ އެންގޭޖްމަންޓް އަހަރެއް ފަހުން ރޫޅައިލީ އެވެ.

އެމެރިކާގެ ނިއު ޔޯކަށް އުފަން ލިންޒީއާ ބެހޭ ގޮތުން މީގެ ކުރިން ދެކެވުނު ވާހަކަތަކުގެ ތެރޭގައި އޭނާ އިސްލާމްވި ވާހަކަތަކެއް ވެސް ދެކެވުނެވެ. އެއީ 2017 ގައި ބުރުގާ އަޅައިގެން އުޅެނިކޮށް އާންމުވި ފޮޓޯތަކަކާ އެކީގަ އެވެ.

އުމުރުން ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "އެމަންގް ދަ ޝެޑޯސް" އެވެ. ލިންޒީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ލައިފް-ސައިޒް"، "ފްރީކީ ފްރައިޑޭ"، "އައި ނޯ ހޫ ކިލްޑް މީ" އަދި "އިންއެޕްރޮޕްރިއޭޓް ކޮމެޑީ" ހިމެނެ އެވެ.