ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔަ މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާ ކުރީ 25،000ރ. އިން ކަމަށާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ޖޫރިމަނާ ކުރީ 5،000ރ. އިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
15 މާޗް 2021
ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔަ މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާ ކުރީ 25،000ރ. އިން ކަމަށާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ޖޫރިމަނާ ކުރީ 5،000ރ. އިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސިޔާސީ ހަރަކާތްތަކާއި ރަސްމިއްޔާތުތަކާއި ޖަލްސާތައް ކޮޮވިޑުން ރައްކާތެރިވެވޭނެ ގޮތަށް ކުރިއަށް ގެންދާނެ އުސޫލެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.
ފުލުުހުން ބުނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލާ ހިލާފަށް ތަކުރާރުކޮށް މުޒާހަރާ ކުރަމުން ދާތީ ކަމަށެވެ. ޕީޕީއެމާއި ޕީއެންސީން ދަނީ މި ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް ކޮންމެ ހުކުރު ދުވަހެއްގައި އެ ޕާޓީގެ އޮފީސް ކުރިމަތީގައި އެއްވުން ބާއްވަމުންނެވެ. އެކަމަކު، އެއްވުން ހުއްޓުވުމަށް ފުލުހުން ކޮންމެ ފަހަރަކު ވެސް މަސައްކަތްކޮށް، ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.
އެމްޑީޕީ ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލާ ހިލާފަށް އެ ޕާޓީގެ ހަރަކާތްތައް ހިންގުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މިއީ އެ އުސޫލާ ހިލާފަށް އަމަލުކުރުމުން އެމްޑީޕީ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
އެމްޑީޕީ ޖޫރިމަނާކުރީ ސިޔާސީ ކޮން ހަރަކާތެއް އެޗްޕީއޭގެ އުސޫލާ ޚިލާފަށް ބާއްވައިގެން ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ ރިޒްނާ ޒަރީރުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ގައިދުރުކަމެއް ނެތި ބައެއް މީހުން ތިބި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
މި ތިން ޕާޓީ ވެސް މިދުވަސްވަރު ގިނަ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕެއިން ކުރުމަށެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް ކޮވިޑް ފެތުރެމުންދާތީ އާއި މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، ފަސޭހައިން ދަތުރުނުކުރެވޭނެ ގޮތް ކަނޑައަޅާފައި ވެ އެވެ.
އެޗްޕީއޭ އިން އިލްތިމާސްކުރަމުން އަންނަނީ އޮންލައިންކޮށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާށެވެ.
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
ފުލުހުންގެ ހައްގުތައް އިދިކޮޅުން ދިފާއުކުރާނެ: އަދުރޭ
ޕީޕީއެމްގެ ވެރިކަމެއްގައި މަގުތައް ނާމާން: އެމްޑީޕީ
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު