ދިވެހި ސިފައިންނާއި ފުލުހުން މިހާރު އިންޓެލިޖެންސް މައުލޫމާތު ހޯދަން ބަރޯސާވަނީ އިންޑިއާއަށް އެކަނި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
11 ފެބުރުއަރީ 2022
ދިވެހި ސިފައިންނާއި ފުލުހުން މިހާރު އިންޓެލިޖެންސް މައުލޫމާތު ހޯދަން ބަރޯސާވަނީ އިންޑިއާއަށް އެކަނި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ރ. މީދޫގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން އެކި ގައުމުތަކުގެ އިންޓެލިޖެންސް މައުލޫމާތު ރާއްޖެއިން ހޯދަމުންދިޔަ ކަމަށެވެ. އެކަމަކު މިހާރު ރާއްޖެއިން ބަރޯސާވަނީ އިންޑިއާގެ ޖާސޫސީ އިދާރާތަކުން ހޯދާ އިންޓެލިޖެންސް މައުލޫމާތަށް އެކަނި ކަމަށާއި އެކަން ދޮގުކުރަން ސަރުކާރަށް ނުކުރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި އަސްކަރިއްޔާގެ ސަލާމަތީ ބާރުގެ ދެ ބާރު ވެސް މި ބަރޯސާ ވަނީ އިންޑިއާގެ އިންޓެލިޖެންސަށް. ދެން ކޯއްޗެއްތޯ ދިވެހި ސަރުކާރަށް މިނިވަންކަމާ އެކު ލިބޭނީ. ކޮން މައުލޫމާތެއްތޯ ލިބޭނީ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށް، އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ކޮން ސައްހަ މައުލޫމާތެއްތޯ ލިބޭނީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުރި ބޮމްބޭ މާލޭ ލިންކް ޓަވަރު އުވާލުމަށްފަހު ދިވެހި ކުންފުނިތަކުން މުއާސަލާތީ ކަންކަން ބަލަހައްޓަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސިއްރު މައުލޫމާތެއް އެހެން ގައުމަކަށް ނުލިބޭ ކަމަށެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ހޯދުމުގައި ވެސް އެއްވެސް ގައުމަކަށް އެކަނި ބަރޯސާވެގެން މިހާތަނަށް ރާއްޖެއިން ނޯންނާނެ ކަމަށާއި އެކަމަކު މިއަދު އޮތީ އެންމެ ކުރީ ޒަމާނުގައި އޮތް ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ފައިސާ ދައުރުކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވީ އިންޑިއާގެ ޖާސޫސީ އިދާރާގެ މައުލޫމާތަށް އެކަނި ބަރޯސާވުމުން ލިބޭ މައުލޫމާތުތައް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނަން ސީޕީ ހަމީދަށް. އިންޑިއާއިން އިންޓެލިޖެންސް ހޯއްދަވަން ޖެހުނީމަ ތި ބޭފުޅުންނަށް ލިބޭނީ ތި މައުލޫމާތޭ. އަމިއްލައަށް އިންޓެލިޖެންސް ހޯއްދަވައިފި ކަމަށް ވަންޏާ ތިއަށް ވުރެ ސައްހަ މައުލޫމާތު ލިބޭނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ދިވެހި ސިފައިންގެ ބޭނުމަށް ކަމަށް ސަރުކާރުން ބުންޏަސް، އިންޑިއާ ސަރުކާރާ އެކު ހެދި އެއްބަސްވުން އޮތްގޮތުން އެތަނުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިންޑިއާ ސިފައިންނަށް ކަމަށެވެ. އެގޮތުން އެއްބަސްވުން އޮތްގޮތުން އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި ހިންގުމުގެ ބާރު އޮތީ އިންޑިއާ ސިފައިންނަށް ކަމަށާއި އަދި ހަނގުރާމަ މަތީ އުޅަނދުތަކާއި ހަތިޔާރުތައް ގެންގުޅުމުގެ ފުރުސަތު ވެސް އިންޑިއާ ސިފައިންނަށް އެ އެއްބަސްވުމުގެ ދަށުން ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެގްރިމެންޓްގައި އޮންނަނީ އިމާރާތް ކޮށްފައި، މެނޭޖް ކޮށްފައި، އެޑްމިނިސްޓްރާ ކުރާނީ އިންޑިއާއިންނޭ. އަދި އިންޑިއާގެ އެއްވެސް އޮފިސަރަކަށް، ވަކި ރޭންކަކަށް އަދި އަދަދަކަށް ހުރަސް އެޅުމުގެ އެއްވެސް އިހްތިޔާރެއް ދިވެހި ރާއްޖެއަކަށް ނެތް." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މީގެ 60 އެތައް އަހަރެއް ކުރިން އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު ރާއްޖެއަށް މިނިވަންކަން އޮތް މިންވަރަށް ވެސް މިހާރު މިނިވަންކަން ނެތް ކަމަށެވެ. އޭރު ރާއްޖޭގެ ޚާރިޖީ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް އަމިއްލައަށް ނިންމުމުގެ ބާރު ރާއްޖެއަށް އޮތް ކަމަށާއި އެކަމަކު މިހާރު ރާއްޖޭގެ ކަނޑުތަކާއި ހުރިހާ ވަސީލަތްތައް ވެސް އޮތީ އިންޑިއާގެ ބާރުގެ ދަށުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
"ފުލުހުންނާއެކު އުޅުނީ ބިދޭސީ މުވައްޒަފެއް"
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"