ރެއާލް ބެޓިސްގެ އެކި ޓީމުތަކަށް ކުރިން ކުޅެފައިވާ ޑިފެންޑަރު ހެސޫސް ޕޯޒޯ ބްލާންކޯ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.
17 މާޗް 2021
ރެއާލް ބެޓިސްގެ އެކި ޓީމުތަކަށް ކުރިން ކުޅެފައިވާ ޑިފެންޑަރު ހެސޫސް ޕޯޒޯ ބްލާންކޯ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.
މި ސީޒަނަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް މިދިޔަ ހޯމަ ދުވަހުގެރޭގެ ނިޔަލަށް ބަންދުވުމުގެ ކުރިން މާޒިޔާ އިން ވަނީ ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. މާޒިޔާ އިން ވަނީ ފިލިޕީންސްގެ ސެރެސް އަށް ކުރިން ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އާއި ކުރިން 2017 ވަނަ އަހަރު މާޒިޔާ އަށް ކުޅުނު ސީރިއާގެ ކީޕަރު މަހުމޫދު އަލް ޔޫސުފްގެ އިތުރުން މި ސީޒަނުގައި ވެލެންސިއާ ޓީމާ އެކު ފެށި ކުރިން މާޒިޔާ އަށް ވެސް ކުޅެފައިވާ މުހައްމަދު ސާމިރު ގެނެސްފަ އެވެ. ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން އެންމެ ފަހުން ސޮއިކުރީ އުމުރުން 25 އަހަރުގެ ޕޯޒޯ އެވެ.
މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ލޯން އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ދޫކޮށްލި މުޖުތާޒް މުހައްމަދު (މުޖޭ)، އަބްދުﷲ ޖުނައިދު (ޖެންނޭ)ގެ އިތުރުން ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އާއި ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ.
މާޒިޔާއާ މިއަދު ގުޅުނު ޕޯޒޯ އަކީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް ބެޓިސް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން ދެ އަހަރު ރެއާލް ބެޓިސް ބީ ޓީމަށް ކުޅުމަށް ފަހު ދެން ފެނުނީ ބެޓިސް ޑިޕޯޓިވޯ ޓީމުންނެވެ. ބެޓިސްގެ ޓީމުތަކަށް ފަހު ސްޕެއިނުގެ ސޭން ސަބެސްޓިއަން ރެޔޭސް އާއި އަރޭނަސް ޑީ ގެޓްޒޯ އަށް ކުޅުމަށް ފަހު އެންމެ ފަހުން ޕޯޒޯ ކުޅެފައިވަނީ އޭޑީ ކުއޭޓާ އެފްސީ އަށެވެ.
މާޒިޔާ ކޯޗުކަމާ މީގެ ދެ މަސް ކުރިން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ލީގު މެދުކަނޑާލިއިރު މާޒިޔާ އެއް ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައި ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ވިޑަކޮވިޗްގެ އެދުމުގެ މަތިން ދާދި ފަހުން މާޒިޔާ އިން ވަނީ ސްޕެއިނުގެ ފިޓްނަސް ކޯޗެއް ކަމަށްވާ ޕަބްލޯ އަރާންސް ރަމިރޭޒް ގެނެސްފަ އެވެ.
މާޒިޔާ އިން ޓީމު ވަރުގަދަކުރާ އެންމެ ބޮޑު ސަބަބަކީ އަންނަ މެއި މަހު ކުޅެން ޖެހޭ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމާފައިވާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލީގު ފަށާ ދުވަހެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފައިނަލްކުރާނެ އެވެ.
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގްރަންޑޭ ބަލިކޮށް ވެލެންސިއާ ފަރަގު ކުޑަކޮށްފި
ޓީސީ ބަލިކޮށް މާޒިޔާ ލީޑު ފުޅާކޮށްފި
އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މާޒިޔާއަށް: ރިސްޓޯ
ހަމްޕުގެ ގޯލުން މޮޅުވެ މާޒިޔާ ލީޑުފުޅާކޮށްފި
ޔޫވީ މެޗަކީ މާޒިޔާ އަށް ޓެސްޓެއް: ވިޑަކޮވިޗް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ޓީމުތައް ވެކްސިން ޖަހައި ފުޓްބޯޅަ ފެށުމުގެ އުއްމީދުގައި