ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް އާ ގައިޑްލައިންތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
22 ފެބުރުއަރީ 2021
ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް އާ ގައިޑްލައިންތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސް މެމްބަރުންނާ އެކު މިއަދު ބޭއްވުނު މަޝްވަރާތަކުގައި ފުޓްބޯޅަ އަލުން ފަށަން ކުރާ މަސައްކަތައް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.
"އިންޝާﷲ ވަރަށް އަވަހަށް ކްލަބްތަކުން އާ ގައިޑްލައިންތަކުގެ ދަށުން ޓީމުތަކަށް ޕްރެކްޓިސް ފެށޭނެ،" ބައްސާމް ވިދާޅުވި އެވެ.
Had very promising meetings with HEP @ibusolih and later with Min @KerafaNaseem along with heads of @HPA_MV today.
— Bassam Adeel Jaleel (@bassam_jaleeI) February 22, 2021
In Sha Allah, soon the clubs would be able to resume trainings under the new guidelines. #stayhealthy #staysafe
ބައްސާމް ކުރެއްވި ޓްވީޓް.
އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ފެށި މުބާރާތެކެވެ. ގިނަ ޓީމުތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ އޮކްޓޫބަރު މަހު އެވެ. ލީގު މެދުކަނޑާލިއިރު ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގެ ބައެއް މެޗުތައް ވަނީ ކުޅެފަ އެވެ.
ލީގު ހުއްޓާލާފައިވާ މުއްދަތުގައި ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުންތައް އިންތިހާ އަށް ބޮޑުވަމުންދާތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސްއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި ނިންމާލައިފަ އެވެ.
ލީގު މެދުކެނޑިފައި އޮތުމުން ކްލަބްތަކުގެ އިސް އޮފިޝަލުންނާއި ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ފިޓްނަސްގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން މާލީ ގޮތުން ވެސް އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެވެ.
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ޕްރެސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ ބަލަނީ
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ޗެެލެންޖް ބޮޑު