ނިއު ދިއްލީ (މާޗް 21) - ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވަމުން ގެންދާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ހެޔޮއެދިވަޑައިގެން، އަވަސް ޝިފާއަކަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެސެޖެއް ފޮނުއްވައިފި އެވެ.
21 މާޗް 2021
ނިއު ދިއްލީ (މާޗް 21) - ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވަމުން ގެންދާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ހެޔޮއެދިވަޑައިގެން، އަވަސް ޝިފާއަކަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެސެޖެއް ފޮނުއްވައިފި އެވެ.
ނިއުކްލިއާ ދެ ބާރުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތް ނަމަވެސް ކަޝްމީރުގެ މައްސަލާގައި އޮތް ދެކޮޅުވެރިމަށް ނިމުމެއް ގެނައުމަށް މިދިޔަ މަހު ވަނީ ދެ ގައުމުން އެއްބަސްވެފަ އެވެ. އުމުރުން 68 އަހަރުގެ އިމްރާން ޚާން އަށް ހެޔޮ އެދިވަޑައިގެން މޯދީ މެސެޖް ފޮނުއްވުމަކީ ހެޔޮ ފާލެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވްވިކަން އެމަނިކުފާނުގެ އޮފީހުން އިއުލާންކޮށްފައި ވަނީ ވެކްސިން ޖެއްސެވިތާ ދެ ދުވަސް ފަހުންނެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމްގެ ވެކްސިން ކުރީގެ ކްރިކެޓް ކެޕްޓަން ޖެއްސެވީ ބުރާސްފަތި ދުވަހު އެވެ. އިމްރާން ޚާންގެ ތަރުޖަމާން ޝަހުބާޒް ގިލް ވިދާޅުވީ އިމްރާން ޚާންގެ ފަރާތުން ފެންނަނީ ހުމުގެ އާދައިގެ އަލާމަތްތައް ކަމަށެވެ.
އިމްރާން ޚާންގެ އެޑްވައިޒަރު ދާދި ފަހުން ވިދާޅުވެފައި ވަނީ ޕާކިސްތާނުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށެވެ. އާބާދީގައި 220 މިލިއަން މީހުން ހިމެނޭ ޕާކިސްތާނުން ވަނީ ބޮޑު ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
ޕާކިސްތާނުން މިހާތަނަށް ވަނީ 626,802 މީހުން ޕޮޒިޓިވްވެ 13,843 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 3,667 މީހުން ޕޮޒިޓިވްވެ 44 މީހުން މަރުވެފަ އެވެ.
ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
ރޭކާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ކައިވެނިކުރަން އުޅުނު
ޕާކިސްތާން ބަލިކޮށްލަން ބޭނުންވާނީ 10 ދުވަސް: މޯދީ
މޯދީގެ ބޯޓަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު
ކަޝްމީރާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ ދޮގުކޮށްފި
ދިމާވެދާނެ ކޮންމެ ކަމަކަށް ތައްޔާރުވެ ތިބޭ: ޕާކިސްތާން
އިމްރާން ޚާންގެ ހުށަހެޅުމަށް އިންޑިއާ އިން ދެކޮޅު
"އިންޑިއާއިން އަސްކަރީ ފިޔަވަޅު އަޅައިފިނަމަ ރައްދު ދޭނެ"
އިންޑިއާ އަލުން ޕާކިސްތާނުގެ އާޓިސްޓުންނާ ދެކޮޅަށް