Roadha Mihaaru

މޯދީގެ ބޯޓަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެމެރިކާ އަށް ދަތުރުކުރައްވާ މަތިންދާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

މޯދީގެ ބޯޓަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު
ހަސަން އާމިރު
ހަސަން އާމިރު

19 ސެޕްޓެމްބަރ 2019

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެމެރިކާ އަށް ދަތުރުކުރައްވާ މަތިންދާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހްމޫދު ގުރޭޝީ ވިދާޅުވީ މޯދީ ދަތުރު ކުރައްވާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އިންޑިއާ އިން އެދިފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެކަމަށް ދެކޮޅު ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ ވީވީއައިޕީ ޚާއްސަ ފްލައިޓަކަށް ޕާކިސްތާނުން ދެކޮޅު ހެދުމުން އިންޑިއާ އިން ހިތާމަ ކުރާ ކަމަށެވެ. އަދި މިއީ ދެ ހަފުތާ ތެރޭ ޕާކިސްތާނުން މި ގޮތަށް ކަންތައް ކުރި ދެ ވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. ޕާކިސްތާނުން ކުރިން ވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު ދަތުރު ކުރައްވާ ބޯޓަށް ވެސް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ.

އިންޑިއާގެ ބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރީ ފެބްރުއަރީ މަހު ފަހުކޮޅު ދިން ވައިގެ ހަމަލާތަކަށް ފަހު އެވެ.