Roadha Mihaaru
މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

22 މާޗް 2021

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ، ކޮވިޑް ޖެހުނު، މަޖިލީހުގެ ދެވަނަ މެމްބަރެވެ. މީގެ ކުރިން ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ކޮޥިޑަށް ޕޮޒިޓިވްވެފަ އެވެ.

ޝިޔާމް، ކޮވިޑަށް ޕޮޒިޓިވްވި ދުވަހެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ. އަދި މަޖިލީހުގައި ޝިޔާމްގެ ކޮންޓެކްޓެއް ހުރި ކަމެއް ވެސް ޔަގީންކޮށެއް ނުދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، މާލޭގައި މި ފަހުން ބޭއްވި މުޒާހަރާތަކުގައި، ޝިޔާމް އިސްކޮށް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަދިވެސް ގޯސްވަމުން ދާއިރު، ކޮންމެ ދުވަހަކުހެން، 100 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާ ވެސް ވަނީ ދިގު ދަންމާލައިފަ އެވެ.