Roadha Mihaaru

ދިރާގު ޕްރޮމޯޝަން: ޖޯއި ބޮކްސްއާ އެކު ދިރާގު ޓީވީ ގުޅައިދިނުން ހިލޭ

ދިރާގު ޓީވީ ގުޅައި ދިނުމާ އެކު ޖޯއި ބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން ޖޯއި ބޮކްސްއާއެކު ދިރާގުޓީވީ ގުޅައިދިނުން ހިލޭ
އިދުހާމް ނައީމް
އިދުހާމް ނައީމް

23 މާޗް 2021

ދިރާގު ޓީވީ ގުޅައި ދިނުމާ އެކު ޖޯއި ބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ކަނެކްޝަން ގުޅައިދޭނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލިބޭ ގެތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ވެސް ކުރިއަށްދާނެ އެވެ. މި ލަކީޑްރޯއިން ހޮވޭ 20 މީހަކަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ބަލައިލެވޭނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލް ބަލައިލެވޭނެ އެވެ.

ދިރާގުން ވަނީ މި ހިދުމަތް ރާއްޖޭގެ 77 ޕަސެންޓް ގޭބިސީތަކަށް ދޭން ފަށައިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްތައް ވެސް ހިމެނެ އެވެ. އެ ރަށްތަކަށް މި ހިދުމަތް ދެނީ ލޯކަލް އޮޕްރޭޓަރުންނާ ގުޅިގެންނެވެ.