Roadha Mihaaru
ގަންނަ މާޓްގެ އެޕުން ވިޔަފާރި ފަސޭހަކޮށްދީފި

ގަންނަ މާޓްގެ އެޕުން ވިޔަފާރި ފަސޭހަކޮށްދީފި

22 މާޗް 2022

މީގެ ދެ އަހަރު ކުރިން ހުޅުވި ގަންނަ މާޓަކީ އެ ކުންފުނިން ރާއްޖެއަށް އެތެރެކުރަމުން އަންނަ ޕްރޮޑަކްޓުތައް ކަސްޓަމަރުންނާ ހަމައަށް ފަސޭހައިން ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އެ ފިހާރައިން މިހާރު ވަނީ އަމިއްލަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ހުޅުވި ގަންނަ މާޓަކީ އެ ކުންފުނިން ރާއްޖެއަށް އެތެރެކުރަމުން އަންނަ ޕްރޮޑަކްޓުތައް ކަސްޓަމަރުންނާ ހަމައަށް ފަސޭހައިން ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އެ ފިހާރައިން މިހާރު ވަނީ އަމިއްލަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ.

ގަންނަ މާޓްގެ މޯބައިލް އެޕްލިކޭޝަނަކީ އެ ފިހާރައިގެ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި އިތުރު ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ތައާރަފުކުރި އެޕްލިކޭޝަނެކެވެ. ދުނިޔެ މިހާރު އޮތް ހާލަތާއި ޒަމާން ކުރިއަރާފައިވާ ވަރަށް ބަލާއިރު އަމިއްލައަށް ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްވުރެ ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ މީހުން ގިނަ އެވެ. އެހެންވެ، ގަންނަ މާޓް އެޕްލިކޭޝަން ވެގެންދާނީ އެފަދަ މީހުންނަށް ވަރަށް ފަސޭހަ އެޕަކަށެވެ.

ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގަންނަ މާޓަށް ބޮޑު މަގުބޫލުކަމެއް ލިބުނީ އެ ފިހާރައިން ލިބެން ހުންނަ ތަކެތި ގިނަވުމުގެ ސަބަބުންނެވެ. މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެއްޗާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ރީތިވާ ސާމާނާއި ދިވެހިންގެ މެދުގައި މަގުބޫލު ދިވެހި އުފެއްދުންތައް ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ. އަދި އޭޑީކޭ ޖެނެރަލް ޓްޜޭޑިން އިން ރާއްޖެއަށް އެތެރެ ކުރާ ގިނަ އަދަދެއްގެ ސާމާނު ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ.

ގަންނަ މާޓް އެޕް--

ގަންނަ މާޓް އެޕް--

އެ ފިހާރައިން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓެއް ގަންނަ މާޓް އެޕްލިކޭޝަނުން ވެސް ލިބެން ހުންނާނެ އެވެ.

އެ އެޕްލިކޭޝަނާއެކު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސާއި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ގަންނަ މާޓުން ވިޔަފާރި ކުރެވޭނެ އެވެ. އެ ފިހާރައިން އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރި ކުރުމުން މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ. އަދި ދެވަނަ ފިޔަވައްސަށާއި ވިލިމާލެއަށް ޑެލިވަރީ ކުރާނީ ކުޑަ ފީއެއްގަ އެވެ.

އެ ފިހާރައިގެ އެޕްލިކޭޝަނުން ވިޔަފާރި ކުރުމުގައި ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ލުޔަކީ ތަކެތި ބޭނުންވާ ވަގުތަށް ލިބުމެވެ. އެޕްލިކޭޝަނުގައި ޑެލިވަރީ ކުރާނެ ކަމަށް ބުނެފައިވާ ގަޑިތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގަޑިއެއް ހިޔާރު ކުރުމުން އެ ގަޑިއަކަށް މުދާ ލިބޭނެ އެވެ.

ޑެލިވަރީ ގަޑިތައް

- މެންދުރު 11:00 އިން 12:00 އަށް

- މެންދުރު 2:00 އިން 3:00 އަށް

- ރޭގަނޑު 9:00 އިން 11:00 އަށް

ގަންނަ މާޓުގެ އެޕްލިކޭޝަނާ އެކު ރަށްތަކުގައި ތިބެގެން ވެސް އެ ފިހާރައިން ވިޔަފާރިކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. ރަށުގައި ތިބެގެން އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމުން އެ ރަށެއްގެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ގަންނަ މާޓް އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.