14 ނޮވެމްބަރ 2016
ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމާ ގުޅިގެން ފުުރުސަތުތައް ގެއްލި މާޔޫސްވެފައިވާ ދިވެހި ކުޅިވަރު އާއިލާއަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ރައީސް ލޮއިސް މާޓިން ހިތްވަރުދެއްވައިފި އެވެ.
ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމާ ގުޅިގެން ފުުރުސަތުތައް ގެއްލި މާޔޫސްވެފައިވާ ދިވެހި ކުޅިވަރު އާއިލާއަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ރައީސް ލޮއިސް މާޓިން ހިތްވަރުދެއްވައިފި އެވެ.
ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން މިދިޔަ މަހު ނިންމުމާ ގުޅިގެން ރާއްޖެ އަށް ވަނީ ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސްގެ އިތުރުން ވަކިވަކި ގިނަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފަ އެވެ. މީގެ އިތުރުން ކޮމަންވެލްތުން ދޭ ކުޅިވަރުގެ ގިނަ ތަމްރީން ފުރުސަތުތައް ވެސް ވަނީ ގެއްލިފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރޫޒޫގަށް ފޮނުއްވި ސިޓީއެއްގައި ސީޖީއެފްގެ ރައީސް މާޓިން ލިޔުއްވާފައިވާ ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި އެކަމުގައި ސީޖީއެފް އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
އެކަމަކު އެކަމަނާ ވަނީ ސަރުކާރުގެ ނިންމުން ކޮންމެވެސް ދުވަހަކުން ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި އެކަމަށް އުއްމީދުކޮށް ތިބުމަށް ކުޅިވަރު އާއިލާ އަށް ގޮވާލައްވައިފަ އެވެ.
މާޓިން ވިދާޅުވީ އެ އުއްމީދުގައި ތިބި ނަމަވެސް މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށާއި "ފުރުސަތު ލިބުނު ނަމައޭ" ނުވަތަ "ފުރުސަތު ލިބިއްޖެ ނަމައޭ" ނުބުނެ، ތަމްރީން ހަދައި ފުރިހަމަ ސިއްހަތެއްގައި ފިޓްކޮށް ތިބުމަށް އެދޭ ކަމަށެވެ.
"ބުރަކޮށް މަސައްކަތްކޮށް، ކުޅިވަރުން ހިތްހަމަޖެހުން ހޯދައި ބޮޑެތި އުއްމީދުތަައް ކުރުމުގައި ދެމި ތިބެންވީ،" މާޓިންސް ލިޔުއްވާފައިވެ އެވެ. "ތަމްރީންތަކުގައި ފުރިހަމަ ސަމާލުކަންދީ، ސްޕޯޓްސް ކެރިއަރު ޕްލޭންކޮށް، ބުރަ މަސައްކަތާއި އަޒުމެއް އޮތިއްޔާ ކޮންމެ ކަމެއް ވެސް ހާސިލްވާނެކަން ގަބޫލުކުރަންވީ."
އޮލިމްޕިކް ކޮމިޓީން ވަނީ މާޓިންގެ ހިތްވަރުގެ މެސެޖް ބަލައިގަނެ ކުޅިވަރުގެ އާއިލާގެ ނަމުގައި އެކަމަނާ އަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ރާއްޖެ އަށް ދިން އެހީ އާއި ސަޕޯޓް ފާހަގަކޮށް އެކަމަށް ވެސް ޝުކުރުއަދާކޮށްފައިވެ އެވެ.
ތިރީސް ހަތަރު އަހަރު މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު ކޮމަންވެލްތުން ވަކިވާން ނިންމީ، ރާއްޖެ ނިންމީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމާ މެދު ވިސްނަން ނިންމާފައި ވަނީ މާޗް 2017 ގައި ބާއްވާ ސީމެގްގެ ބައްދަލުވުމުގަ އެވެ.
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
އަށް އަހަރަށްފަހު ރާއްޖެ ކޮމަންވެލްތު ގޭމްސްގައި
ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަކަށް ޖަވާ
ކޮމަންވެލްތުން ވަކިވުމުން އެތުލީޓުން މާޔޫސްވެފައި
ކޮމަންވެލްތު ގޭމްސް އިން ބެޑްމިންޓަން އުނިކޮށްފި
ކުޅިވަރު ޕްރޮޖެކްޓަށް ސީޖީއެފުން އެހީދޭނެކަމުގެ އިޝާރާތް
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު