Roadha Mihaaru
ކޮމިއުނިޓީ ފަންޑު: އިތުރު ފަސް ޕްރޮޖެކްޓް ހޮވައިފި

އިތުރު ފަސް ޕްރޮޖެކްޓަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީ ވަނީ

01 އެޕްރީލް 2021

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެވަނަ ކުއާޓަގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ހޮވައިފި އެެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެވަނަ ކުއާޓަގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ހޮވައިފި އެެވެ.

އެ ފަސް ޕްރޮޖެކްޓް ތެރޭގައި ހިމެނެނީ ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްދިނުމާއި ހދ. ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުމާއި އއ. މަތީވެރީގެ އިންޑޯ ސްޕޯޓްސް ފެސިލިޓީ ތަރައްގީކުރުމުގެ އިތުރުން ލ. ފޮނަދޫގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުމާއި ގއ. ގެމަނަފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސް ރޫމެއް ތަރައްގީކުރުމެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ. އަލަށް ހޮވި ފަސް ޕްރޮޖެކްޓާ އެކު ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 45 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ތެރެއިން މި އަހަރުގެ ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.