14 ނޮވެމްބަރ 2016
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމް އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ޝޯޓްލިސްޓްވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމް އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ޝޯޓްލިސްޓްވެއްޖެ އެވެ.
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަކީ ކުރިން ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިންޓަގްރިޓީ އެވޯޑްގެ ނަމުގައި ދެމުން އައި އެވޯޑެކެވެ. ނަމަވެސް 2000 ވަނަ އަހަރު ވަނީ އެވޯޑްގެ ނަން ބަދަލުކޮށްފަ އެވެ. މިއީ ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ނޫސްވެރިންނާއި ޕްރޮސެކިއުޓަރުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ޖަމާއަތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލައި މީހުންނަށް ހާއްސަކޮށްފައިވާ އެވޯޑެކެވެ.
ފ.ނިލަންދޫގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމް ފެބްރުއަރީ 18 ގައި ހައްޔަރުކޮށް ދައުވާކޮށްފައި ވަނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ގޮތުގައި ބެލެވިފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާ ގުޅުން ހުރި ބައެއް ލިޔުންތައް އާންމުކުރި މައްސަލާގައި ކަމަށް އެނގިފައިވެ އެވެ. ގާސިމްގެ މައްޗަށް ކޮށްފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.
އިންޓަނޭޝަނަލް އެންޓިކޮރަޕްޝަން އެވޯޑަށް މިފަހަރު އާންމުންގެ ފަރާތުން 136 ފަރާތެއް ނޮމިނޭޓްކޮށްފައިވެ އެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ޝޯޓްލިސްޓްކޮށްފައި ވަނީ މީގެ ތެރެއިން ހަތަރު ފަރާތެކެވެ. އެވޯޑް ލިބޭ ފަރާތެއް އިއުލާނުކުރާނީ އަންނަ މަހުގެ 3 ގައި ޕެނަމާ ސިޓީގައި ބާއްވާ ހަފުލާއެއްގަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން މީގެ ކުރިން ވަނީ ގާސިމަށް ދައުވާކޮށްގެން ނުވާނެ ކަމަށް ބުނެފަ އެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ ގާސިމަށް ދައުވާކުރުމުގެ ބަދަލުގައި އޭނާ އަށް ޖެހޭނީ ހިމާޔަތް ކަމަށެވެ. ގާސިމް ފަދަ މީހުންނަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ބައެއް ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ދައުވާކުރަނީ
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
ޝަރީފް ވަނީ އޮޅުވާލާފައި، ތަހުގީގު ކުރަން ޖެހޭ:ނަޝީދު
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"!
ގާސިމަށް ދައުވާ ނުކުރަން ގޮވާލައި ކެމްޕޭނެއް
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ