މިދިއަ ހަފުތާގައި އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއަލްއަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަންގެ ބާކީ މެޗުތަކުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރޭ ބުނެފި އެވެ.
މިދިއަ ހަފުތާގައި އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއަލްއަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަންގެ ބާކީ މެޗުތަކުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރޭ ބުނެފި އެވެ.
އުމުރުން 25 އަހަރުގެ މާޝިއަލްގެ ކަކުލަށް އަނިޔާވީ ޔުކްރެއިންއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގަ އެވެ.
"ސީޒަންގެ ކުރިއަށް އޮތް ބައިގައި އެންތަނީއަށް ނުކުޅެވުމަކީ ވަރަށް ބޮޑު ހިތާމަައެއް،" ސޯލްޝެއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފްރާންސުން ފޯރުކޮށްދިން މައުލޫމާތުތަކުން އެނގެނީ އަނިޔާ އެހާ ސީރިއަސް ނުވިޔަސް، އެއީ އެހާ ކުޑަ ކަމެއް ވެސް ނޫން ކަމެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ފަހުން އޭނާ ބުނީ އުއްމީދުކުރަނީ ސީޒަން ނިމުމުގެ ކުރިން މާޝިއަލް ދަނޑަށް އަނބުރާ ގެނެވޭނެ ކަމަށެވެ.
"އެކަމަކު އެއެއް ޔަގީނެއް ނޫން،" ސޯލްޝެއާ ބުންޏެވެ.
މި ސީޒަންގައި މާޝިއަލް ވަނީ މެންޗެސްޓަ ޔުނައިޓެޑަށް ހަތް ގޯލް ޖަހައިދީފަ އެވެ. އެކަމަކު މި އަހަރު އޭނާ ކުޅުނު 19 މެޗުގައި ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ.
ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްގައި އަންނަ ބުރާސްފަތިދުވަހު ގްރެނާޑާއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނެ އެވެ. އަދި އަންނަ އާދިއްތަދުވަހު ޕްރެމިއަ ލީގުގައި ކުރިމަތިލާނީ ޓޮޓެމްހަމްއާ އެވެ.
މާޝިއަލްއަށް އަނިޔާވެ، އެފްއޭ ކަޕް ފައިނަލް ގެއްލިއްޖެ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ
އަމޯރިމްގެ ރުޅިގަނޑު ބޭލީ ޗޭންޖިން ރޫމުގެ ޓީވީ އަށް